ޅ. ކުރެންދޫގައި އިމާރާތްކުރާ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށްދާކަން ހާމަކުރައްވައިފިއެވެ.
މަޝްރޫއު ކުރިއަށް ގެންދާ ކުްނފުނިކަމުގައިވާ، ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ)އިން އެންމެ ފަހުގެ އަދާހަމަ ހާމަކުރައްވާ ވިދާޅުވެފައިވަނީ، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ޅ. ކުރެންދޫގައި އިމާރާތްކުރާ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތުގައި މިހާރު ކުރިއަށް ދަނީ، ރޫފް ބީމް ޝަޓަރިންގްގެ މަސައްކަތްތައް ކަމަށެވެ.
މިދިޔަ މަހުގެ ތެރޭގައި އެ ސައިޓުގައި، ސެންޓަރުގެ އޮފީސް އިމާރާތުގެ ފައުންޑޭޝަން އެޅުމަށްޓަކައި ބިން ކޮނުމުގެ މަސައްކަތް އެ ކުންފުނިން ކޮށްފައިވެއެވެ.
ރާއްޖޭގައި ކުނީގެ މައްސަލަ ހައްލުކުރުމަށް ޓަކައި ސަރުކާރުންގެންދަވަނީ އެތައް މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި ސަރުކާރުންވަނީ 75 ރަށެއްގައި ކުންޏާއި ވަޞީލަތްތައް މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމާއި އަޕްގްރޭޑް ކުރުމުގެ މަސައްކަތް ސަރުކާރު ހިއްސާވާ ތިން ކުންފުނި ކަމުގައިވާ، އެމް.ޓީ.ސީ.ސީ، އާރު.ޑީ.ސީ އަދި ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައެވެ.

