ހެވީ ލޯޑު ވެހިލަލްއެއްގެ ފުރޮޅުގެ ދަށުގެ މޫނު ޗިސްވެ މީހަކު މަރުވެއްޖެއެވެ.
މިހާދިސާ ހިނގާފައިވަނީ މިއަދުގެ ހަވީރު 4 ޖަހާ އެހާކަން އިރު ބޮޑުތަކުރުފާނު މަގު، ސިނަމާކެ ބުރިޖު ސަރަހައްދުގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓު ހިނގާފައިވަނީ، ހިލަ އަރުވައިގެން ދިޔަ ހެވީ ލޯޑު ވެހިކަލަކާއި ސްކޫޕީ ސައިކަލެއްް ޖެހިއެވެ. އެކްސިޑެންޓުގައި ނިޔާވި މީހާގެ މޫނު ޗިސްވެ އަދި ސިކުނޑިވެސް ވަނީ ބޭރަށް ނުކުމެފައި ކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުން ހާމަކުރައްވާފައިވާ ގޮތުގައި މާލޭގެ ބޮޑުތަކުރުފާނު މަގު، ދަރުބާރުގޭ ސަރަހައްދުގައި ސައިކަލަކާ ލޮރީއެއް ޖެހި އެކްސިޑެންޓެއް ހިނގި ކަމުގައި މައުލޫމާތު މެންދުރު ފަހު 3:57 އެހާކަން އިރު އެ މުއައްސަސާއަށް ލިބިފައިވާ ކަމަށާ އެކސްޑެންޓުގައި އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށެވެ. މަރުވެފައިވަނީ ފިރިހެނެއް ކަމަށްވެސް ފުލުހުން ހާމަކުރައްވާފައިވެއެވެ. ނަމަވެސް އެއީ ދޭސިއެއް ކަމެއް ނުވަތަ ބިދޭސީއެއް ކަމެއް ހާމަކުރައްވާފައިނުވެއެވެ.
މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ދެއްވާފައިނުވެއެވެ.
މަގުމަތީގެ މިފަދަ ހާދިސާތައް މަދުކުރުމަށް ޓަކައި، ހާއްސަކޮށް މަގުތައް ބާރުބޮޑު ވަގުތުތަކުގައި ރައްކާތެރި ދުވެލީގައި ދުއްވުމަށާއި، މަގުމަތީގެ ގަވާއިދުތަކަށް ފުރިހަމައަށް ސަމާލުކަން ދިނުމަށް ކަމާބެހޭ ފަރާތްތަކުން އަބަދުވެސް އިލްތިމާސް ކުރެއެވެ.

