ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައިފިއެވެ.
ގަތަރުގެ ކުރީގެ އަމީރު ޝައިހް ހަމަދު ބިން ހަލީފާ އައްޘާނީ އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ދިދަ މިއަދު މެންދުރު 12:00 އިން މާދަމާ މެންދުރު 12:00 ގެ ނިޔަލަށް ބައިދަނޑިއަށް ތިރކުރަން ވަނީ ނިންމާފައެވެ.
ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި ރައީސް މުއިއްޒު މި ނިންމެވުން ނިންމެވީ ރާއްޖެ އާއި ގަތަރާ ދެމެދު ޒަމާނުއްސުރެ އުފެދިފައިވާ ގާތް ރަހުމަތްތެރިކަމުގެ ގުޅުމާއި، ޝައިހް ހަމަދު، ގަތަރުގެ އަމީރު ކަމުގެ މަގާމުގައި ހުންނެވިއިރު، ރާއްޖެއާމެދު ބެހެއްޓެވި ގާތްކަމާއި، ރާއްޖޭގެ ތަރައްގީއަށާއި ކުރިއެރުމަށް ވެދެއްވި ދީލަތި އެހީތެރިކަމާއި އެއްބާރުލެއްވުމުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން ކަމަށެވެ.
ކުރީގެ އަމީރު ރަސްމީ އިއްޒަތުގައި އިއްޔެ ފަސްދާނުލާފައިވާއިރު، އެމަނިކުފާނު އަވަހާރުވުމާ ގުޅިގެން ބާއްވާ ރަސްމީ ހިތާމަފާޅުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މުއިއްޒު ވަނީ މިއަދު ގަތަރަށް ފުރާވަޑައިގެންފައެވެ.

