ބ. އޭދަފުށީ ބަނދަރު ސަރަހައްދު މޫދުގައި އުމުރުން ދުވަސް މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
މިކަމާ ގުޅިގެން މީޑިޔާތަކަށް މައުލޫމާތު ދެއްވާ ފުލުހުން ވިދާޅުވީ އޭދަފުށީ ފަޅުތެރެއިން ނިޔާވެފައި އޮއްވާ ފެނިފައިވަނީ އެ ރަށު، ސީސަންގެ، އުމުރުން 82 އަހަރުގެ ޢަލީ ޢަބްދުﷲ ކަމަށެވެ. އޭނާ ނިޔާވެފައި އޮއްވާ ފެނިފައިވާކަމަށް ރިޕޯޓް ކޮށްފައިވަނީ މިއަދު ހެނދު 7:55 ހާއިރު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މިކަމުގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައި ނުވި ނަމަވެސް މިމައްސަލަ ތަހުޤީޤު ކުރަމުންދާ ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

