ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ހިދުމަތް ފުޅާކުރެއްވުމުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުގެ ދަށުން، ގއ. ގެމަނަފުށީގައި އަޅާ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާކަން ހާމަކުރައްވައިފިއެވެ.
އެ މަޝްރޫއު ކުރިއަށް ގެންދާ ކުންފުނިކަމުގައިވާ، ރޯދް ޑިވެލޮޕމަންޓު ކޯޕަރޭޝަން(އާރުޑީސީ)އިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮޤްރާމްގެ ދަށުން ގއ. ގެމަނަފުށީގައި ޤާއިމުކުރާ ޕޮލިސް ސްޓޭޝަންގެ ޓައި ބީމް ޝަޓަރިންގ މަސައްކަތް ވަނީ ނިމިފައިވާ ކަމަށެވެ.
ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ، މި އަހަރުގެ ނިޔަލަށް ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ފުލުހުންގެ ވަސީލަތްތައް ގާއިމުކޮށް ނިންމުމެވެ.

