ފޯރިގަދަ ކުޅުމަކަށްފަހު އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ބަލިކޮށް ސްޕެއިން ވޯލްޑްކަޕް 2026 ގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
އިތުރު ވަގުތުގެ 106 ވަނަ މިނެޓުގައި ސްޕޭންގެ ފޯވާޑް ފެރާން ޓޮރޭޒް ވަނީ އާޖެންޓީނާގެ ޑިފެންސް ފޫއަޅުވާލުމަށްފަހު މުހިންމު ލަނޑެއް ކާމިޔާބުކޮށްދީ 2026 ވަނަ އަހަރުގެ ވޯލްޑްކަޕް ގެ ޗެމްޕިއަންކަން ސްޕައިން ހޯދައިފިއެވެ.
މިމެޗުގައި ސްޕެއިނުން ވަނީ މެޗުގެ ބޮޑުބައި ކޮންޓްރޯލްކޮށްފައެވެ. އެގޮތުން 65 އިންސައްތަ ބޯޅަ ހިފަހައްޓާފައެވެ. މި މެޗުގައި ސްޕެއިން އިން ވަނީ ގިނަ ހަމަލާތަކެއް އާޖެންޓީނާގެ ގޯލަށް ފޮނުވާލާފައެވެ. ނަމަވެސް، އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓީނޭޒް ދެއްކި ހިތްވަރުގަދަ ކުޅުމާއެކު ސްޕެއިނަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތް ވަނީ ނުވެފައެވެ. މާޓީނޭޒް ވަނީ ސްޕެއިނުން ފޮނުވާލި ނުރައްކާތެރި 10 ހަމަލާއެއް ދިފާއުކޮށްފައެވެ.
މި މެޗުގެ ފަހު މިނެޓްގައި އާޖެންޓީނާއަށް ވަނީ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައެވެ. އެ ޓީމުގެ މެދުތެރެއަށް ކުޅޭ އެންޒޯ ފެނާންޑޭޒްއަށް ދެއްކި ދެވަނަ ރީނދޫ ކާޑާއެކު އޭނާއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުން، އާޖެންޓީނާއިން މެޗުގެ ބާކީބައި ފުރިހަމަކުރީ 10 ކުޅުންތެރިންނާއެކުގައެވެ.
މި މެޗަކީ ފުޓްބޯޅައިގެ ދެ ޖީލެއްގެ ދެ ތަރިންގެ ކުރިމަތިލުމެއްގެ ގޮތުގައިވެސް ފާހަގަކުރެވެއެވެ. އެއީ އާޖެންޓީނާގެ 39 އަހަރުގެ ލެޖެންޑް ލިއޮނަލް މެސީ އާއި ސްޕެއިންގެ 19 އަހަރުގެ އުންމީދީ ކުޅުންތެރިޔާ ލަމީން ޔަމާލްގެ ކުރިމަތިލުމެވެ.
މެޗުގެ ފޯރި އިތުރުވެގެން ދިޔަ އަނެއް ސަބަބަކީ ދަނޑުން ފެނިގެންދިޔަ ޝަރަފުވެރި މެހެމާނުންނެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިތުރުން ދުނިޔޭގެ ނުފޫޒުގަދަ އެތައް ލީޑަރުންނެއް މި މެޗު ބައްލަވަން ތިއްބެވިއެވެ. އަދި މެޗުގެ މެދުކެނޑުމުގައި ބޭއްވި 27 މިނެޓުގެ މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގައި ދުނިޔޭގެ މަޝްހޫރު ތަރިން ކަމަށްވާ މެޑޯނާ، ޖަސްޓިން ބީބަރ، ޝަކީރާ އަދި ބީ.ޓީ.އެސް އިން ވަނީ ހުށަހެޅުންތައް ހުށަހަޅާފައެވެ.

