ގދ. ގައްދޫގައި އިމާރާތްކުރާ ހޮސްޕިޓަލްގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ހާމަކުރައްވައިފިއެވެ.
ގައްދޫ ހޮސްޕިޓަލުގެ މަސައްކަތްކުރަމުން ގެންދާ ކުންފުނި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން އެންމެ ފަހުގެ މަސައްކަތްތަކުގެ ފޮޓޯ ހިއްސާކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހޮސްޕިޓަލުގައި މިހާރު ކުރިއަށް ދަނީ ސަބް ސްޓްރަކްޗަރަލް މަސައްކަތް ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން 18،613 އަކަޓޫފުގެ ސަރަޙައްދެއްގައި 2 ފަންގިފިލާގެ އިމާރާތެއްގައި 30 އެނދުގެ ޞިއްޙީ ޚިދުމަތްދޭ ބްލޮކެއް ތަރައްޤީކުރާނެއެވެ. އަދި 2،563 އަކަފޫޓުގެ ސަރަޙައްދެއްގައި 1 ފަންގިފިލާގެ އެހެނިހެން ޚިދުމަތްދޭ ބްލޮކަކާއި، 3،573 އަކަފޫޓުގެ ސަރަޙައްދެއްގައި 2 ފަންގިފިލާގެ އެކޮމޮޑޭޝަން ބްލޮކެއް ހެދުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އަދި މި މަޝްރޫއަށް، 101,709,593.68 މިލިޔަން ރުފިޔާ ޚަރަދުވާއިރު، މި މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 600 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ.
މި އިމާރަތްވެގެންދާނީ، ޒަމާނީ ފެންވަރަކަށް ތަރައްޤީކުރެވޭ ޖާގަ ތަނަވަސް ހޮސްޕިޓަލަކަށް ކަމަށް ޞިއްޙީ ވުޒާރާއިން ވިދާޅުވެފައިވެއެވެ.
މި މަޝްރޫޢުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ 5 ވަނަ ދުވަހު ކަމަށްވާއިރު، އެ މަސައްކަތް ރަސްމީކޮށް ފައްޓަވާދެއްވީ އޭރުގެ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ.

