ހއ. ދިއްދޫގައި ތަރައްޤީ ކުރަމުން އަންނަ 75 ރޯހައުސްގެ މަސައްކަތް ނިމުމަކާ ގާތް ވެއްޖެއެވެ.
މިކަމުގެ އަދާހަމަ ދެއްވަމުން، ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުފެވައިވަނީ، ވަނަ އަހަރު ދިއްދޫގައި 75 ރޯހައުސް ތަރައްޤީ ކުރުމަށް ފެށި މަސައްކަތް ނިމުމަކާ ގާތްވެފައިވާ ކަމަށާ، މިހާރު ކުރިއަށްދަނީ ބަދިގެއާއި ފަހާނާތައް ނިންމުމުގެ މަސައްކަތް ކަމަށެވެ.
މަސައްކަތްުގެ %98.55 ނިމިފައިވާ ކަމަށްވެސް އެ ވުޒަރާއިން ވިދާޅުވެފައިވެއެވެ.
މި މަޝްރޫޢުގައި ހިމެނެނީ 700 އަކަފޫޓުގެ ދެ ބުރީގެ 75 ރޯހައުސްއެވެ. އޭގެތެރެއިން ކޮންމެ ޔުނިޓެއްގައި 3 ކޮޓަރިއާއި، 3 ފާޚާނާއާއި، ސިޓިންގ ރޫމާއި، ބަދިގޭގެ އިތުރުން ކާގެއާއި، ލޯންޑްރީ އަދި ސްޓޯރ ރޫމު ހިމެނެއެވެ.
ހއ. ދިއްދޫއަކީ، މާލެއިން އުތުރުގައި ދެވަނައަށް އެންމެ އާބާދީ ބޮޑު ރަށެވެ. ދިއްދޫގެ އާބާދީއަކީ 5000 މީހުން ނަމަވެސް، ރަށުގައި ތަޢުލީމާ ޞިއްޙީ ފަރުވާ ފަދަ ބޭނުންތަކަށް އެރަށަށް ހިޖުރަކޮށްގެން ދިރިއުޅޭ މީހުންނާއެކު އާބާދީ 7000އަށް އަރައެވެ.
އާބާދީ އިތުރުވަމުން އަންނަ އެހެން ރަށްތަކެކޭ އެއްގޮތަށް، ދިއްދުއަކީވެސް ރަނގަޅު ބޯހިޔާވަހި ކަމަކަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ރަށެކެވެ.
އެ ރަށުގައި 75 ރޯހައުސް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ، އެސްޖޭ ކޮންސްޓްރަކްޝަންއާއެވެ. މި މަޝްރޫޢުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ، 120 މިލިޔަން ރުފިޔާއަށެވެ.
2008ވަނަ އަހަރުވެސް އެރަށުގެ ބިން ހިއްކައި، 250 ރޯހައުސް އިމާރާތްކޮށް ރަށުގެ ރައްޔިތުންނަށް ދޫކުރިއެވެ.

