ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ އާ ހެޑް ކޯޗުގެ މަގާމަށް، ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ލެޖެންޑް ޒައިނުއްދީން ޒިދާން ހަމަޖައްސައިފިއެވެ.
ޒިދާން ވަނީ ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަނާއެކު ޖޫން 2030 ގެ ނިޔަލަށް އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި ނިންމުމާއެކު، ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ޒިދާން ރަސްމީކޮށް މަގާމާ ހަވާލުވެ، މީޑިއާއަށް ތައާރަފްކުރާނެ ކަމަށް ބެލެވެއެވެ.
ޒިދާންގެ އިރުޝާދުގެ ދަށުން ފްރާންސް ޓީމުން އަމާޒު ހިފާފައިވަނީ ކުރިއަށް އޮތް ބޮޑެތި މުބާރާތްތަކަށެވެ. މީގެ ތެރޭގައި 2027 ވަނަ އަހަރުގެ ނޭޝަންސް ލީގާއި، 2028 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އިތުރުން 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ހިމެނެއެވެ.
ރެއާލް މެޑްރިޑަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ ޒިދާން އަލުން ކޯޗިންގެ ދާއިރާއަށް އެނބުރި އައުމަކީ ފްރާންސްގެ ސަޕޯޓަރުންނަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. މި ބަދަލާއެކު ފްރާންސްގެ ފުޓްބޯޅައަށް އާ ދިރުމެއް އަންނާނެ ކަމަށް ކުޅިވަރު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.

