ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމުގައި ބީއެމްއެލް އިން މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔާ ވަނީ ވިދާޅުވެފައެވެ.
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން ޓިމް ފާހަގަކުރެއްވި ގޮތުގައި، ކޮވިޑްގެ ބަލިމަޑުމަކުގައި ދިވެހިރާއްޖެއަށް އެހީތެރިވުމަށް ބޭންކް އޮފް މޯލްޑިވްސް ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.
މި ގޮތުން ކޮވިޑްގެ ސަބަބުން ދިމާވެދާނެ އިގްތިސާދީީ ގެއްލުން ދެނެގަނެ ހަތަރު ކަމެއްގެ މައްޗަށް ސްޓްރެޓަޖީއެއް އެކުލަވާލައިގެން ގައުމަށް އެހީވުމަށާއި އިގްތިސާދު ހީނަރުވެނުދިނުމަށް ބީއެމްއެލް އިން މަސައްކަތް ކޮށްފައިވާ ކަން ޓިމް ފާހަގަ ކުރެއްވިއެވެ.
ޓިމް ވިދާޅުވާ ހަތަރު 4 ސެޓްރެޓަޖީ އަކީ:.
- ކޮވިޑްގެ ހާލަތު އޮތްނަމަވެސް، މެދުކެނޑުމެއްނެތި ބޭންކިން ޚިދުމަތް ދިނުން
- ކޮޮވިޑްގެ ސަބަބުން މާލީ ގޮތުން އަސަރުކޮށްފައިވާ ކަސްޓަަމަރުންނަށް އެހީވުމަށް ޝޯޓް ޓާމް ފައިނޭންސިންއެއް ދޫކުރެވި އަދި ބޭންކުން ނަގާފައިވާ ލޯނު އަނބުރާ ދެއްކުން ފަސްކޮށްދިނުން.
- ކޮވިޑް ސްޓްރެޓަޖީގެ މުހިންމު ބަޔެއްގެ ގޮތުގައި ލިކުއިޑިޓީ ޕްރެޝަރު ކުޑަކުރުމަށްޓަކައި ކޮންމެހެން ބޭނުންވާ ފަންޑިން ރާއްޖޭން ބޭރުން ހޯދުން.
- ދަނޑިވަޅުގައިވެސް ގައުމަށް އިތުރަށް އެހީތެރިވުމުގެ ގޮތުން އެކަށޭނަ އަދަދަކަށް ބޭރު ފައިސާގެ ރިޒާވް ދެމެހެއްޓުމަށްޓަކައި މަސައްކަތް ކުރި.
ޓިމް އިތުރަށް ވިދާޅުވީ ބީއެމްއެލް އިން ކުރިއަށް އޮތް ތަނުގައިވެސް ދިވެހިންނާއެކު ދެމި އޮންނާނެ ކަމަށެވެ. މި އަހަރު ބީއެމްއެލްގެ އޮޑިޓް ރިޕޯޓަށް ބަލާއިރު ސާފު ފާއިދާގެ ގޮތުގައި 325 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

