ކޮންމެ އިންސާނަކަށް ވެސް މާތްﷲ ދެއްވާފައިވަނީ ތަފާތު ހުނަރުތަކެކެވެ. މި ހުނަރުތަކުގެ އެހީގައި އުޖާލާ މުސްތަޤުބަލެއް ބިނާކުރުމަށްޓަކައި ހިތްވަރާއެކު ގަދައަޅައި މަސައްކަތްކުރާނީ ވަރަށް ކެރޭ ސާބިތުކަން ހުރި މީހެކެވެ. އޭނާގެ ކޮޓަރިތެރެއަށް ބަލައިލުމުން ފެންނަނީ ކުރެހުމަށް ބޭނުންކުރާ ތަފާތު ކުލަތަކާއި، ފިހިތަކާއި، ފަންސޫރުގެ އިތުރުން އޮއިލްޕެއިންޓް ކުރަން ބޭނުންވާ ސާމާނުތަކެވެ. ކުރަހާ ސްޓޭންޑްތަކުގައި ހުރި ބޮޑެތި ހުދު ކަރުދާސްތަކުން ފެންނަނީ މަސައްކަތް ނުނިމި ހުރި ތަފާތު މަންޒަރުތަކެވެ. ޤުދުރަތީ ރީތި މަންޒަރުތަކުން ފެށިގެން އަމިއްލަ ޚިޔާލަށް ސިފަވާ ކަންކަން ހަގީގަތަކަށް ހެދުމަށްޓަކައި އޭނާ ވަނީ ނުހަނު ބުރަ މަސައްކަތްތަކެއް ކޮށްފައެވެ.
ނުނިމި ހުރި ކުރެހުންތަކުގެ ތެރެއިން، އެންމެ ޚާއްޞަ ކުރެހުން ވަނީ ހުދު ފޮތިގަނޑަކުން ނިވާކޮށް، އެހެން މީހުންގެ ލޯތަކަށް ފޮރުވާފައެވެ. އެ ފޮތިގަނޑުގެ ފުރަގަހުގައި ވަނީ ކޮންފަދަ ސިއްރެއް ބާވައެވެ؟ ބައެއް ފަހަރު ދިރިއުޅުމުގައި އަޅުގަނޑުމެން ކުރަހާ ކުލަގަދަ ތަސްވީރުތަކުގެ ކުލަ ފަނޑުވެ، ދެކޭ ހުވަފެންތައް ވިއްސިވިހާލިވެ، ޚިޔާލުތައް ސިކުނޑީގައި ތާށިވާ ގޮތްވެއެވެ. އެފަދަ ތަސްވީރުތަކަށް ދިރުމެއް ނުގެނެވި، އެގޮތުގައި ފާރުގައި ހަރުކޮށްފައި ބަހައްޓަން ޖެހޭ ފަހަރުތައް ދިރިއުޅުމުގައި ވަރަށް ގިނައެވެ.
އޭނާގެ އެންމެ ބޮޑު އުންމީދަކީ މުޖުތަމައުގައި ފާހަގަކޮށްލެވޭ، މަގުބޫލު މީހަކަށް ވުމެވެ. އޮފީސް މާހައުލުގައި އޭނާއަކީ ފަރުމާކުރުމާއި ކުރެހުމުގެ މަސައްކަތްތަކުގައި އެންމެ އަރާހުރި އެކަކެވެ. ވަޒީފާ ނިންމުމަށްފަހު ލިބޭ ހުސް ވަގުތުތައް އޭނާ ހޭދަކުރަނީ ތަފާތު އޮއިލް ޕެއިންޓިންގްތަކާއި ކުރެހުންތައް އުފެއްދުމުގައެވެ. ރައްޓެހިންނާއެކު ކޮފީއަށް ދިއުމަށްވުރެ އޭނާ އިސްކަންދެނީ މި މަސައްކަތަށެވެ. އެކި ކަންކަމުގައި ބަހަނާ ދެއްކުމަށްފަހު، އޮފީހުން ގެއަށް އަންނަ ގޮތަށް ކުޑަކޮށްވެސް އަރާމުކޮށްލުމެއް ނެތި އޭނާ އަވަސްވެގަންނަނީ ފަށާފައިވާ ކުރެހުން ނިންމާލުމަށެވެ.
އޭނާގެ ހިތުގައިވާ ސިއްރު ހުވަފެނެއް ހަގީގަތަކަށް ހެދުމަށްޓަކައި، އެ ފުރާނަނެތް ތަސްވީރަށް ދިރުމެއް ގެނައުމަށް އޭނާ ނުހަނު ބޭނުންވެއެވެ. މިއީ އެއްވެސް މީހަކަށް ކިޔައިދޭން ބޭނުންނުވާ އަމިއްލަ ސިއްރެކެވެ. މަހެއްހާ ދުވަސް ކުރިން ފެށި މި މަސައްކަތް މިހާރު ދަނީ ވަރަށް ބޮޑަށް ފުރިހަމަވަމުންނެވެ. އެ ހުދު ކަރުދާހުގައި ކުރަހާފައިވާ ރީތި އަންހެން ސޫރައަކީ ކާކުކަމެއް ނޭނގެއެވެ. ނަމަވެސް އެ ސޫރައިގެ މޫނުމަތީގެ ސިފަތައް އަދި ހުރީ ފުރިހަމަނުވެއެވެ. މިއީ އޭނާގެ އަމިއްލަ ޚިޔާލީ ދުނިޔޭގައި އުފަންކުރުވި ސޫރައެކެވެ.
ނަވީންގެ މަގްސަދަކީ އޭނާގެ ސިކުނޑީގައިވާ އެ ތަސްވީރު ފުރިހަމަކޮށް ދުނިޔެއަށް ދައްކާލުމެވެ. ކޮންމެ ދުވަހަކުވެސް އެ ހުދު ކަރުދާހުގައިވާ ފަންސޫރު ކުރެހުމަށް އާ ކުލަތަކެއް އިތުރުކޮށް، ފުރިހަމަކުރަމުން ގެންދެއެވެ. އޮއިލް ޕެއިންޓިންގް އާއި ފެންކުލަ ބޭނުންކޮށްގެން އޭނާ ބޭނުންވާ ފަދަ –ތަފާތު ކުލަތަކެއް އެ ކުރެހުމަށް ގެންނަމުންދާއިރު، މިއީ އޭނާއަށް މާ ބޮޑު އުނދަގޫ ކަމެއް ނޫނެވެ-
ނަވީނަކީ އުމުރުން އެންމެ 22 އަހަރުގެ ހީވާގި ޒުވާނެކެވެ. އޭނާގެ ކޮޓަރި ތެރެއަށް ބަލައިލުމުން، އޭނާއަކީ ތަފާތު ކުރެހުންތައް ކުރެހުމުގައި އާދަޔާޚިލާފު ހުނަރުވެރިކަމެއް ލިބިފައިވާ ފަންނާނެއްކަން ކޮންމެ މީހަކަށްވެސް ވަރަށް ސާފުކޮށް އެނގިގެންދާނެއެވެ. ނަވީންގެ އެންމެ ބޮޑު އަމާޒަކީ އަމިއްލަ އާރޓް ގެލެރީއެއް ހުޅުވައި، އޭނާގެ މަސައްކަތްތަކާއި ތަސްވީރުތައް މުޖުތަމައަށް ދައްކާލުމެވެ. އޭނާ ބޭނުންވަނީ އަމިއްލަ ހުނަރުގެ އަގު ވަޒަންކުރެވޭނެ ފުރުސަތެއް ހޯދައި، ދާއިރާގައި ފާހަގަކޮށްލެވޭ މަޝްހޫރު ޝަޚުސިއްޔަތަކަށް ވުމަށެވެ.
މަސައްކަތުގެ މާހައުލުގައިވެސް ނަވީނަކީ ކުރެހުމާއި ފަރުމާކުރުމުގެ ކަންކަމުގައި އެންމެ ކުރީގައި އުޅޭ އެކަކެވެ. އޮފީސް ނިންމުމަށްފަހު ލިބޭ ހުސްވަގުތުތަކުގައި އޭނާ ގިނައިން ވަގުތު ހޭދަކުރަނީ އޮއިލް ޕެއިންޓިންގް ފަދަ އެކި ބާވަތުގެ ކުރެހުންތައް ތައްޔާރުކުރުމުގައެވެ. މި މަސައްކަތަށް ދޭ އަހައްމިއްޔަތުކަމެއްގެ ބޮޑުކަމުން، ރައްޓެހިންނާއެކު ކޮފީއަށް ދިއުމަށްވެސް އޭނާއަށް ވަގުތު ހޯދުމަކީ ދަތިކަމެކެވެ. އެފަދަ ކަންކަމަށް އޭނާ އަބަދުވެސް އުޅެނީ ވަގުތު ނުވެގެން އެކި ބަހަނާތައް ދައްކައިގެންނެވެ.
މި ދުވަސްވަރު އޭނާ ވަޒީފާ ނިންމުމަށްފަހު ގެއަށް އައިސް ކުޑަކޮށްވެސް މަޑުކޮށްލުމެއް ނެތި އަވަސްވެގަންނަނީ ކުރަހަން ފަށާފައިވާ މަންޒަރު ފުރިހަމަކުރުމަށެވެ. ފުރާނައެއް ނެތް އެ ތަސްވީރަށް ދިރުމެއް ގެންނަން އޭނާ އެހާ ބުރަކޮށް މަސައްކަތް ކުރަނީ ހިތުގެ އަޑީގައިވާ ސިއްރުވެރި ހުވަފެނެއް ހަގީގަތަކަށް ހެދުމުގެ މަގުސަދުގައެވެ. އޭނާގެ ހިތުގައި ރައްކާކުރެވިފައިވާ މި ސިއްރަކީ އެއްވެސް މީހަކާ ހިއްސާކުރަން ބޭނުންވާ ކަމެއް ނޫނެވެ. މީގެ މަހެއްހާ ދުވަސް ކުރިން ކުރަހަން ފެށި އެ ކުރެހުން މިހާރު ދަނީ ފުރިހަމަ ވަމުންނެވެ. އެ ހުދު ކަރުދާސްގަނޑުގައި ކުރަހާފައިވާ ރީތި ހަށިގަނޑެއްގެ ވެރި އަންހެން ސޫރައަކީ ކާކުބާއެވެ؟ ނަމަވެސް އެ ސޫރައިގެ މޫނުމަތީގެ އެއްވެސް ސިފައެއް އަދި ފެންނާކަށް ނެތެވެ. މިއީ އޭނާގެ އަމިއްލަ ޚިޔާލީ ދުނިޔޭގައި ކުރަހަމުންދާ ކުރެހުމެކެވެ. އޭނާގެ ބޭނުމަކީ މި ކުރެހުން ފުރިހަމަކޮށް ދުނިޔެއަށް ދައްކާލުމެވެ.
ނަވީންގެ ހިތުގައިވާ ތަަސައްވުރާ އެއްގޮތަށް، އެ ހުސް ކަރުދާހުގައިވާ އަންހެން ކުއްޖާގެ ފަންސޫރު ކުރެހުމަށް ކޮންމެ ދުވަހަކުވެސް އާ ކުލަތަކެއް އިތުރުކޮށް ފުރިހަމަކުރެއެވެ. މި ތަސްވީރުގައި އޭނާ ބޭނުންވާ ގޮތަށް ތަފާތު ކުލަތަކާއި އޮއިލް ޕެއިންޓިންގް ބޭނުންކޮށްގެން ފަރުމާކުރަމުންދެއެވެ. އޭނާއަށް މި މަސައްކަތް ނިންމާލުމަކީ މާ އުނދަގޫ ކަމަކަށް ނުވާނެއެވެ.
އޭނާގެ ހިތުގެ އެންމެ ފުންމިނުގައި ކުރެހިފައިވާ އަންހެންކުއްޖާގެ ތަސްވީރު ފުރިހަމަކޮށް ނިންމާލުމަކީ އޭނާ ދެކެމުން އައި ހުވަފެންތަކުގައި ހަގީގީ ކުލަޖެއްސުމެވެ. މަޝްހޫރު ފިލްމު "ޓައިޓޭނިކް" ގައި ކޭޓް ވިންސްލެޓް، ފިލްމުގެ ރޯޒް ސޯފާއެއްގައި އޮށޯވެގެން އޮންނަ މަންޒަރާ އެއްގޮތަށް، އޭނާގެ ހިތުގައިވާ ސޫރަވެސް ހުދު ފޮތިގަނޑެއްގެ މަތީގައި ބާއްވައިގެން، ފިލްމުގެ އެމަންޒަރުގައި ރޯޒްގެ ކުރެހުން ގެންނަ ގޮތަށް ކުރަހާލުމަކީ އޭނާ ނުހަނު ބޭނުންވާ ކަމެކެވެ.
އަނެއްކާ އެއީ ކޮން އަންހެނެއް؟ އެއްއަތުގައި ކުލަތަބައް އަނެއް އަތުން ކުލަފިހިން ހުއްޓުމެއްނެތި އެ ކުލަތައް އުނގުޅައި ތަސްވީރުގެ ބައިތައް ފުރިހަމަ ކުރަނީއެވެ. އެއަންހެނާ ހަނދާންވާ ކޮންމެ ފަހަރަކު އޭނާ ހިނިތުންވެލައެވެ. ނަވީން ކިބައިގައި ހުންނަ ލަދުވެތި މަޑުމޮޅި ޖެހިލުންވާގޮތެއް އަށަގެންފައިވާތީ ހަޤީޤީ ހަޔާތުގައި އަންހެންކުދިންނާ ކުރިމަތިލައި ވާހަކަ ދެއްކުން މިއީ މީނާ ޖެހިލުންވާކަމެއް އެކަމަކު އޮފީހުން ގާތްކަމެއް އުފެދުނު ޒިވާއާ ނަވީން ގުޅުން ބަދަހިކުރަން މަސައްކަތްކުރިއެވެ. ތަސްވީރަށް ނަޒަރުހިންގާލިއެވެ.
ފެންނަން ހުރި އަންހެން މީހާގެ މޫނުމަތިން އެއްވެސް ސިފައެއް ފާހަގައެއް ނުވެއެވެ. އެ ސޫރަ މުޅިން ފުރިހަމަ ވެގެން ދާނީ، އަންހެންވަންތަ ރީތި މޫނެއްގެ ވެރި އަންހެނަކު ހިނިތުންވެފައި ހުންނަ މަންޒަރު އެއަށް އިތުރުވުމުންނެވެ. އަމިއްލަ ޚިޔާލުގައި އޭނާ އެކަން ކުރަނީ ހުވަފެންތަކެއް ދެކޭތީއެވެ. އޭނާ މި ބޭނުންވާ ގޮތައް އެއްދުވަހަކުން އެ ކުރެހުމެއް ކުރަހާއި ފުރިހަމަ ކުރަން ހިތުގައި ޢަޒުމްކަނޑައެޅިއެވެ. ކުލަޖައްސައި ހުއްޓައި ސިހުންވީ ފޯނު ރިންގުވިއަޑަށެވެ.
މިދެން ފޯނު ރިންގވާން ކޮން ވަގުތެއްހެއްުޔެވެ. ބޮލުގެ ރިހުމެކެވެ. ޗޮކެއްކަނޑާލައި ފޯނަށް ނަޒަރުހިންގާލިއެވެ.
އަސްތާ އެ ގުޅަނީ ޒިވާއެވެ. އަވަސްކޮށް ކުޑަކޮށް ތެތްކަން ހުރި ފޮތިގަނޑު ނަގައި އިނގިލިތައް ހުރި ކުލަތައް ފުހެލައި ފޯނު ނަގައި ޖަވާބުދިނެވެ.
=ނުނިމޭ=

