ހޫނުގަދަ ދުވަސްވަރެއްގައި ނުވަތަ ކަސްރަތު ކުރުމަށްފަހު ހަށިގަނޑަށް ބޭނުންވާ ތާޒާކަން ގެނެސްދިނުމަށްޓަކައި ގުދުރަތީ މޭވާ އާއި ތަރުކާރީ ބޭނުންކޮށްގެން ތައްޔާރުކުރާ ޖޫހަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލުވަމުން އަންނަ ބުއިމެކެވެ. އެގޮތުން ކަރާ، ކިއުކަމްބާ، ބީޓްރޫޓް އަދި ލުނބޯ އެއްކޮށްގެން ތައްޔާރުކުރާ ޚާއްޞަ ޖޫހަކީ ހަމައެކަނި މީރު ބުއިމެއް ނޫނެވެ. މިއީ ވިޓަމިންސް، މިނަރަލްސް، އެންޓިއޮކްސިޑެންޓްސް އަދި ހަށިގަނޑަށް ބޭނުންވާ ފެން އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދޭ ސިއްހީ ބުއިމެކެވެ. ރާއްޖެ ފަދަ ހޫނުގަދަ ގައުމެއްގައި ދިރިއުޅޭ މީހުންނަށް މި ބުއިމަކީ ހަށިގަނޑު ފިނިކޮށްދީ، ވަރުބަލިކަން ފިލުވައިދިނުމަށް އެހީތެރިވެދޭނެ ވަސީލަތެކެވެ. މިއީ އެއްވެސް ކަހަލަ އާޓިފިޝަލް ހަކުރެއް ނުލައި ތައްޔާރުކުރެވޭނެ ބުއިމަކަށް ވުމުން، ދުޅަހެޔޮ ދިރިއުޅުމަކަށް ލޯބިކުރާ ފަރާތްތަކަށް މިއީ ވަރަށް ރަނގަޅު އިޚްތިޔާރެކެވެ.
މިބާވަތްތައް އެއްކޮށްގެން ތައްޔާރުކުރާ ޖޫހުން، ލޭ ސާފުކޮށްދީ، ލޭ މަދުވުމުން ރައްކާތެރިކޮށްދީ، ފުރަމޭ ވިހަ މާއްދާތަކުން ދުރުކޮށްދީ، ހަންގަނޑު އޮމާންކޮށް އުޖާލާކޮށްދީ އަދި ހަށިގަނޑަށް ހަކަތަ ލިއްބައިދިނުމާއެކު ބަރުދަން ލުއިކުރުމަށްވެސް ސައްތައިންސައްތަ އެހީތެރިވެދޭނެއެވެ.
މި ބުއިމުގައި ހިމެނޭ މައިގަނޑު ބާވަތްތަކަކީ ކަރާ، ކިއުކަމްބާ، ބީޓްރޫޓް އަދި ލުނބޯ އެވެ.

ހޫނުގަދަ ގައުމެއްގައި ދިރިއުޅޭ މީހުންނަށް މި ބުއިމަކީ ހަށިގަނޑު ފިނިކޮށްދީ، ވަރުބަލިކަން ފިލުވައިދިނުމަށް އެހީތެރިވެދޭނެ ވަސީލަތެއް.
ކަރާ: ހަށިގަނޑު ހައިޑްރޭޓްކޮށްދީ، ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ މާއްދާތަކުން މުއްސަނދި މޭވާއެކެވެ.
ކިއުކަންބާ: ކަށިތަކުގެ ދުޅަހެޔޮކަން އިތުރުވެ، ހަށިގަނޑުން ވިހަ މާއްދާތައް ބޭރުކުރުމަށް އެހީތެރިވެދެއެވެ.
ބީޓްރޫޓް: ލޭގެ ޕްރެޝަރު އެއްވަރެއްގައި ހިފަހައްޓައިދީ، ކަސްރަތު ކުރާ މީހުންގެ ހަކަތަ އިތުރުކޮށްދޭ ބާވަތެކެވެ.
ލުނބޯ: މި ހުރިހާ ބާވަތްތަކެއްގެ ރަހަ އެއްވަރުކޮށްދެނީ ލުނބޯ ހުތުންނެވެ. ލުނބޯގައި ހިމެނޭ މަތީ މިންވަރެއްގެ ވިޓަމިން ސީ އަކީ ހަށިގަނޑަށް ބޭނުންވާ ދަގަނޑުގެ ބާވަތްތައް (Iron) ދަމައިގަތުމަށް އެހީތެރިވެދޭ މާއްދާއެކެވެ.
މި ބުއިމަކީ ހިތުގެ ސިއްހަތަށް ވަރަށް ފައިދާހުރި އެއްޗެކެވެ. ބީޓްރޫޓްގައި ހިމެނޭ ނައިޓްރިކް އޮކްސައިޑާއި ކަރާގައި ހިމެނޭ ސިޓްރޫލިންގެ ސަބަބުން ލޭގެ ދައުރުވުން ރަނގަޅުވެ، ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް މަގުފަހިވެއެވެ. މީގެ އިތުރުން، މިއީ ކަސްރަތު ކުރުމުގެ ކުރިން ބޭނުންކުރުމުން ވަރުބަލިކަން ކުޑަކޮށްދީ، މަސްތަކަށް ބޭނުންވާ އޮކްސިޖަން ފޯރުކޮށްދިނުން އަވަސްކޮށްދޭ "ޕްރީ-ވޯކްއައުޓް" ބުއިމެއްގެ ގޮތުގައި ވެސް ބޭނުންކުރެވިދާނެ އެއްޗެކެވެ.
ޖޫސް ތައްޔާރުކުރާއިރު އޭގެ ފުރިހަމަ ފައިދާ ހޯދުމަށްޓަކައި، ފުރޭނުމުގެ ބަދަލުގައި ޖޫސްތަށި ތައްޔާރުކުރާ ގޮތަށް ބުއިން މުހިންމެވެ. މިގޮތުން ހަށިގަނޑަށް ބޭނުންވާ ފައިބަރު ލިބި، ހަޖަމުކުރުމުގެ ނިޒާމަށް އެހީތެރިވެދެއެވެ. ނަމަވެސް، ކިޑްނީގެ ބަލިތައް ހުންނަ މީހުންނާއި ހަކުރު ބަލީގެ މީހުން މި ބުއިން ބޭނުންކުރުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ ރައްކާތެރިކަމެކެވެ.

ކަރާ، ކިއުކަމްބާ، ބީޓްރޫޓް އަދި ލުނބޯ ޖޫސް ތައްޔާރުކުރާނެ ގޮތް
މިއީ ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތަކުން މުއްސަނދިވެފައިވާ، ހަށިގަނޑު ތާޒާކޮށްލުމަށް އެންމެ ފުރިހަމަ އެއް ބުއިމެވެ. ޚާއްޞަކޮށް ރާއްޖޭގެ ހޫނު މޫސުމުގައި މި ބުއިމަކީ ކަރުހިއްކުން ފިލުވައިދީ، ހަށިގަނޑަށް ބޭނުންވާ ފެނުގެ ބައި އިތުރުކޮށްދޭނެ ސިއްހީ ގޮތުން ފައިދާހުރި ބުއިމެކެވެ.
ބޭނުންވާ ތަކެތި (2 މީހުންނަށް) މި ބުއިން ތައްޔާރުކުރުމަށް ތިރީގައިވާ ތަކެތި ހޯއްދަވާށެވެ:
- ކަރާ: 2 ޖޯޑު (އޮށް ނެތް، ކުދިކޮށް ކޮށާފައި – ގާތްގަނޑަކަށް 300 ގްރާމް)
- ކިއުކަމްބާ: 1 މެދު ސައިޒުގެ ކިއުކަމްބާ (ސާފުކޮށް ބޭރުތޮށި ހުރިނަމަ ތޮށްޓާއެކު ނުވަތަ ތޮށި މަށާލުމަށްފަހު، ކޮށާފައި)
- ބީޓްރޫޓް: މެދު ސައިޒުގެ ބީޓްރޫޓެއްގެ ދެބައިކުޅަ އެއްބައި (ތޮށިމަށާ ކޮށާފައި) ނުވަތަ ކުޑަ ބީޓްރޫޓެއް ނަމަ ފަޅިއެއް.
- ލުނބޯ: މެދު ސައިޒުގެ ލުނބޯއެއްގެ ހުތް (ބޭނުންވާ މިންވަރަށް ބަލާފައި)
- ފިނިފެން: ބައި ޖޯޑު (ޖޫސްގިރާއިރު ބޭނުންވާނަމަ އެކަނި)
- އައިސް ކިއުބް: ބޭނުންވާ މިންވަރަށް
އިތުރަށް ހިމަނާލެވިދާނެ ތަކެތި:
- ކަނަމަދު ނުވަތަ ފޮނިތޮށި: ރަހަ މީރުކޮށްލުމަށް (އިޚްތިޔާރީ)
- މިންޓް ފަތް: 4 ނުވަތަ 5 ތާޒާ ފަތް (ތާޒާކަން އިތުރުކުރުމަށް)
- އިނގުރު: ބައި އިންޗީގެ ކުޑަ ތަންކޮޅެއް (ކުޑަ ކުޅިރަހައެއް ގެނައުމަށް)
- އަސޭމިރުސް: ކުޑަ އެތިކޮޅެއް
- ލޮނު: ކުޑަ ލޮނުކޮޅެއް (ޚާއްޞަކޮށް ކަސްރަތު ކުރުމަށްފަހު ބޯނަމަ ހަށިގަނޑުން މަދުވި ލޮނުގެ ބައި ފޫބެއްދުމަށް)

ތައްޔާރު ކުރާނެ ގޮތް
މި ބުއިން ތައްޔާރުކުރުމަށް، އެންމެ ފުރަތަމަ ކަރާ، ކިއުކަމްބާ، ބީޓްރޫޓް އަދި ލުނބޯ ރަނގަޅަށް ސާފު ފެނުން ދޮވެލާށެވެ. ބީޓްރޫޓްގެ ތޮށިމަށާލުމަށްފަހު، ހުރިހާ ބާވަތްތަކެއް ކުދިކޮށް ކޮށާލާށެވެ. ކުދިކޮށް ކޮށުމުން ޖޫސްގިރާ މެޝިނުން ގިރާލާއިރު ފަސޭހަވާނެއެވެ.
ޖޫސްގިރާ މެޝިނަށް (ބްލެންޑަރަށް) ތިރީގައިވާ ތަކެތި އަޅާށެވެ:
- ކަރާ، ކިއުކަމްބާ، ބީޓްރޫޓް، ލުނބޯ ހުތް، 1 ޖޯޑު ފެން، ބޭނުންނަމަ 2 ސަމުސާ މާމުއި
- މި ހުރިހާ ތަކެތި އެއްކޮށް 1 ނުވަތަ 2 މިނެޓު ވަންދެން ރަނގަޅަށް ގިރާލާށެވެ.
އަހަރެމެން ބޭނުންވަނީ ވަރަށް އޮމާން ޖޫހެއް ނަމަ، ފުރޭންޏަކުން ޖޫސް ފުރާނާލެވިދާނެއެވެ. ނަމަވެސް، މީގައި ހުންނަ ފައިބަރާއި އެހެނިހެން މުހިންމު މާއްދާތަކުގެ ފައިދާ އެންމެ ފުރިހަމައަށް ހޯދުމަށްޓަކައި، ފުރޭނުމުގެ ބަދަލުގައި މލަަަ ބުއިމަކީ ސިއްހީ ގޮތުން އެންމެ ރަނގަޅު ގޮތެވެ.
ތައްޔާރުކުރި ޖޫސް ތަށިތަކަށް އަޅާށެވެ. ބޭނުންނަމަ އައިސް ކިއުބް އަޅާލައި، ލުނބޯ ފޮއްޗަކުން ނުވަތަ މިންޓް ފަތްކޮޅަކުން ތަށީގެ މަތި ރީތިކޮށްލެވިދާނެއެވެ.
މި ބުއިން ބޯން އެންމެ ރަނގަޅު ވަގުތުތައް
- ހެނދުނު ހުސްބަނޑާ ހުރެ ބުއިމުން ހަށިގަނޑަށް އަވަހަށް ހަކަތަ ލިބިދެއެވެ.
- ކަސްރަތު ކުރަން ފެށުމުގެ 30 ނުވަތަ 60 މިނެޓު ކުރިން ބުއިން.
- ކަސްރަތުކޮށް ނިމުމަށްފަހު ހަށިގަނޑުން މަދުވި ފެނުގެ ބައި އިތުރުކުރުމަށް.
- މެންދުރުފަހުގެ ހޫނުގަދަ ވަގުތުތަކުގައި ތާޒާވެލުމަށް.

ބޭނުންކުރަންވީ މިންވަރު
އާންމުކޮށް ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހަކަށް:
- ހަފްތާއަކު 3 ނުވަތަ 4 ފަހަރު މި ޖޫސް ބޭނުންކުރުން ރަނގަޅެވެ.
- އެއް ފަހަރު ބޯންވާނީ ގާތްގަނޑަކަށް 250 އާއި 300 މިލިލީޓަރުގެ ތައްޓެކެވެ.
ބީޓްރޫޓަކީ ގުދުރަތީ ގޮތުން ނައިޓްރޭޓްސް ގިނަ އެއްޗަކަށް ވެފައި، ކަރާގައި ގުދުރަތީ ހަކުރު ހުންނާތީ، ކޮންމެ ދުވަހަކު މާ ގިނައިން ބުއިމުގެ ބަދަލުގައި މިންގަނޑެއްގައި ހިފެހެއްޓުން މުހިންމެވެ.
ރަހަ މީރުކުރުމަށް ބައެއް އިރުޝާދު
- ޖޫސްގިރުމުގެ ކުރިން ކަރާ ފިނިކޮށްފައި ބެހެއްޓުމުން މާ މީރުވާނެއެވެ.
- ރަނގަޅަށް ދޮންވެފައިވާ ފޮނި ކަރާ ބޭނުންކުރުމުން އިތުރަށް ހަކުރު އަޅާކަށް ނުޖެހޭނެއެވެ.
- ފުރަތަމަ ބައި ލުނބޯގެ ހުތް އެޅުމަށްފަހު، ރަހަ ބަލާލާފައި އިތުރަށް ބޭނުންނަމަ އެޅުން ބުއްދިވެރިއެވެ.
- ޖޫސް ތައްޔާރުކުރުމަށްފަހު ލަސްނުކޮށް ބުއިމުން އޭގައި ހުންނަ ވިޓަމިން ސީ އާއި ތާޒާކަން އެންމެ ފުރިހަމައަށް ލިބޭނެއެވެ.
މިފަދަ ތާޒާ ޖޫސް ތައްޔާރުކުރާ ވަގުތު ބުއިމަކީ އެންމެ ރަނގަޅު ގޮތެވެ. ނަމަވެސް، ރައްކާކުރަން ޖެހިއްޖެ ހާލަތެއްގައި ވައި ނުވަންނަ ބިއްލޫރި ފުޅިއަކަށް އަޅާފައި ގިނަވެގެން 24 ގަޑިއިރު ވަންދެން ފްރިޖުގައި ބެހެއްޓިދާނެއެވެ. ބޯންވުމުން ފުޅި ރަނގަޅަށް އެކުވާނެހެން ތަޅުވާލަން ހަނދާންކުރާށެވެ. ސަބަބަކީ ގުދުރަތީ ގޮތުން ޖޫހުގެ ފެނާއި އެހެނިހެން މާއްދާތައް ވަކިވެފައި ހުރެދާނެތީއެވެ.

