މާލޭގެ ބޮޑުތަކުރުފާނު މަގުގައި އަލަށް ތަރައްގީ ކުރި ބައި މާދަމާ އާއްމުންނަށް ހުޅުވާލާނެ ކަމަަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކޮށްފައިވަނީ ހެންވޭރު ފެރީ ޓާމިނަލް ސަރަހައްދުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ހިމެނޭ ސަރަހައްދެވެ.
އަލަށް ތަރަައްގީ ކުރި ޕާކިން ޒޯން ސަރަހައްދުގައި ގަސް އިންދަން ފެށުމަށް ބޭއްވި އިވެންޓްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މަގުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި، މާދަމާ ހަވީރު 16:00 ގައި އާއްމުންނަށް މަގު ހުޅުވާލާނެ ކަމަށެވެ. “އަޅުގަނޑުމެންގެ ވިސްނުމަކީ މާދަމާ ހަވީރު 16:00 ގައި އާއްމުންނަށް ހުޅުވާލުން،” ޑރ. މުއްތަލިބު ވިދާޅުވިއެވެ.
ޑރ. މުއްތަލިބު ވިދާޅުވީ، ގަސް އިންދުމުގެ ހަރަކާތަކީ މަގު ހެދުމުގެ މަސައްކަތް ނިމުމާއެކު ރައްޔިތުންނަށް ވީހާވެސް ހިތްފަސޭހަ، އަދި މާލޭގެ މަލަމައްޗަށް ތަނަވަސްކަން ގެނެސްދެވޭ ގޮތަށް ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ. އަދި މަގު ފެހި ކުރުމުގެ މަސައްކަތް ކުރިއަށް އޮތްތަނުގައިވެސް ކުރިއަށްދާނެ ކަމަށާއި، މީގެ ތެރޭގައި ތަފާތު މާމެލާމެލީގެ ގަސްތަައްވެސް ހިމެނޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މި މަޝްރޫއަކީ ފަޅުން ބައެއް ހިއްކައިގެން، ހަތަރު ލޭނަށް ދުއްވޭ ގޮތަށް ކުރިއަށްގެންދާ މަޝްރޫއެކެވެ. މިދިޔަ އަހަރުގެ އޯގަސްޓް މަހު ފެށި މި މަސައްކަތުގެ ދަށުން މިހާރު ވަނީ ތާރުއަޅައި ނިންމާފައެވެ. މީގެ އިތުރުން މި މަޝްރޫއުގެ ތެރެއިން ފަޅު ހިއްކައިގެން 500 ސައިކަލް ޕާކުކުރެވޭނެ ޖާގައެއްވެސް ވަނީ ތަރައްގީކޮށްފައެވެ.
ޒަމާނީ ފެންވަރަށް މި ސަރަހައްދު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ މާޗް މަހުގެ 23 ގައެވެ. ހަތަރު މަސް ދުވަހުގެ މަސައްކަތަށްފަހު މަގު ހުޅުވާލުމުން އެންމެ ބޮޑު ބަދަލެއް އަންނާނީ އެއްގަމު އުޅަނދު ފަހަރު ދުއްވުމަށެވެ. މީގެ ކުރިން ނަސަންދުރާ އާއި ބީއެމްއެލް ސަރަހައްދަކީ ވަރަށް ބޮޑަށް މަގު ހަލާކުވެ، ދަތުރުފަތުރު ކުރުމަށް ދަތި ސަރަހައްދެއް ނަމަވެސް، އައު ބަދަލާ

