ރައީސް ޑރ މުހައްމަދު މުއިއްޒުގެ ޒަޢާމަތުގައި އެމަނިކުފާނު ރާއްޖެއަށް ގެނެސްދެއްވަމުންދާ ތަރައްޤީއާ އެކު މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކޮށް ހުޅުވާދެއްވުމުން. ނަައިބު ރައީސް ހުސެއިން މުހައްމަދު ލަތީފުގެ ޝުކުރުގެ އަރިސްކުރައްވައިފިއެވެ.
ނައިބު ރައީސްގެ އުފަން ރަށް، ފަރެސްމާތޮޑާ މީހުން ބަސްމޮށުމުގައި ގެންގުޅޭ ބަހުރުވައިން ކުރެއްވި މީސްމީޑިޔާ ޕޯސްޓެއްގައި އެމަނިކުފާނު ވަނީ ބޮޑުތަކުރުފާނު މަގަށް ގެނެސްދިން ތަރައްގީއަކީ މާލެ ސިޓީއަށް ލަފާފުރާ ފަރާތްތަކާ މާލެ ސިޓީގެ ޓްރެފިކަށް ބޮޑު ލުއިތަކެއް ލިބިގެންދާނެ ތަރައްޤީއެއް ކަމަށް ޔަގީންވާ ކަމަށް ވިދާޅުވެފައެވެ.
މާލޭ ސިޓީގެ ބޮނޑެތަކުރުފާނު މަގަލް ގެނާޑެ ތަރައްޤީ އައްކޫ މާލެ ސިޓީއަށް ލަފައި، ހުރަނެ ފަރާތެތަކާއި މާލޭ ސިޓީއޭ ޓްރެފިކަށް ބޮނޑެ ލޫލެތަކެއު ލެބީގަން އެޔަނެ ތަރައްޤީއެކެ، މީބޫ މާލެ ސިޓީގެ މަލަމައްތަށް ތާރީޚީ ބަދަލެކެ އާ މުހިންމު މަޝްރޫޢުއެކެ. ރައްޔިތުނެ ބޭނުންވެގޮހޯ ތެއި މިކަހަލެއި މުހިންމު ތަރައްޤީގެ މަޝްރޫޢުތަކާއިއެކު ޤައުމާ ބިނާކެރަނެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެނެ އިސްކަމާއި އަހަންމިއްޔަތަޓެ އެމަނިކުފާނަޓެ ޝުކުރެ އަދާކެރަން. އިޤްތިޞާދީ ދަތިތަކާއިއެކުއަސް، ސަރުކާރުން ރައްޔިތުނަގެ ބޭނުމެތައް ފުދުވައިދެއްވުމައްކޫ، ހެޔޮ ވެރިކަމެކެ ކެރަމުންއެޔަނެކަމުގެ އަލިގަދަ ހެއްކެއު
-ނައިބު ރައީސް ހުސެއިން-
ނައިބު ރައީސް ވަނީ މިއީ މާލެ ސިޓީގެ މަލަމައްޗަށް ތާރީކީ ބަދަލެއް އައި މަޝްރޫޢެއް ކަމަށާ ރައްޔިތުން ބޭނުންވެފައި ތިބި މިކަހަލަ މުހިއްމު ތަރައްގީގެ މަޝްރޫއުތަކާ އެކު ޤައުމު ބިނާކުރުމަށް ރައީސް މުއިއްޒު ދެއްވާ އިސްކަމާ އަހައްމިއްޔަތު ކަމަށް އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން އިގްތިސޯދީ ދަތިކަމާ އެކުވެސް ސަރުކާރުން ރައްޔިތުންގެ ބޭޏުންތައް ފުއްދައިދެވާ ކަމީ ހެޔޮވެރިކަމެއް ކުރަމުންދާކަމުގެ އަލިގަދަ ހެއްކެއް ކަމަށްވެސް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.

