“ތާ އައިލެންޑް ކްލަސްޓަރ ސަސްޓެއިނަބަލް ޓައުންޝިޕް”ގެ ނަމުގައި ޚާއްސަ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
ބްލޫ ސިނަޖީ އިންވެސްޓްމަންޓްސްއާއި ލަންޑަނުގެ އެމެރަލްޑް ކޯޕަރޭޓްސް ގުޅިގެން ކުރިއަށް ގެންދާ މި މަޝްރޫއަކީ، 175 މިލިޔަން އެމެރިކާ ޑޮލަރުގެ ބިޔަ އިންވެސްޓްމެންޓެއް ކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެެކެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ދެ ކުންފުނީގެ ދެމެދުގައި ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ. މި މަޝްރޫއަކީ، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކުރާ ޓައުންޝިޕް މަޝްރޫއެކެވެ.
މާވެއްޓާ ރައްޓެހި އަދި ޒަމާނީ ވަސީލަތްތަކާއެކު ފަރުމާކުރެވޭނެ މަޝްރޫއުގައި، މަލްޓި – އައިލެންޑް ކޮންސެޕްޓަށް ތަރައްޤީކުރާ މި ޓައުންޝިޕުގައި ދިރިއުޅުމަށް ބޭނުންވާ އެކި ފެންވަރުގެ ވަސީލަތްތަކާއި، ވިޔަފާރި އަދި މުނިފޫހިފިލުވުމުގެ ޚިދުމަތްތައް ހިމެނެއެވެ.
އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް މި މަޝްރޫއުގައި ޚާއްސަ އިސްކަމެއްދޭއިރު، މިއީ، ރާއްޖޭގެ އަތޮޅެއްގައި އަމިއްލަ ފަރާތަކުން ހިންގާ އެންމެ ބޮޑު އެއް އިންވެސްޓްމަންޓަށް ވެގެންދާނެއެވެ.
ބްލޫ ސިނާޖީ އިންވެސްޓްމަންޓްސްއިން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގެ އިޤުތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތައް އުފެދިގެންދާނެއެވެ.

