އިންޑޮނޭޝިޔާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
އިންޑޮނޭޝިޔާއަށް އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން އެހިސާބުގައި ސުނާމީއެއް އުފެދިދާނެކަމަށް ވަނީ އެލާރޓް ނެރެފައެވެ.
މިބިންހެލުން ރިކޯޑްކުރެވިފައިވަނީ އިންޑޮނޭޝިޔާގެ މައުމެރީ ނަމަކަށް ކިޔާ ރަށުގެ 92 ކިލޯމީޓަރުގެ ކައިރިފަށުން ކަނޑުގެ އަޑިންނެވެ. 7.6 ރެކްޓަރ މިންގަނޑުގައި އައި ބިންހެލުމުގެ ސަބަބުން ސުނާމީއެއް އުފެދިދާނެ ކަމަށް އޭއެފްޕީ އިން ބުނެފައިވީނަމަވެސް އެއްވެސް އިދާރާއަކުން ސުނާމީ އެލާރޓް އިލާންކޮށްފައި ނުވެއެވެ.
ރިޕޯޓްތައް ބުނާގޮތުން މިބިންހެލުން އައިސްފައިވަނީ މިއަދު ހެދުނު އިންޑޮނޭޝިޔާ ގަޑިން 11:20 އެހާކަންހާއިރުގައެވެ.

