މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުން ހިންގާ ތިން ޖަލެއްގައި ތިބި ގައިދީންތަކަކާއި ޖަލު ބަލަހައްޓާ އޮފިސަރަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
ކަރެކްޝަންއިން ވިދާޅުވީ، ކޮވިޑް-19 ގެ އަލާމާތް ހުރެގެން ނެގި ސާމްޕަލްތަކުން ހުޅުމާލެ ޖަލުން އެއް އޮފިސަރަކާއި މާލެ ޖަލުން 8 ގައިދީއެއްގެ އިތުރުން މާފުށި ޖަލުން 1 ގައިދީއަކު ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެ.
އަދި މިވަގުތު އިތުރު އޮފިސަރުންނާއި ގައިދީންގެ ސާމްޕަލް ނަގަމުންދާ ކަމަށްވެސް ކަރެކްޝަން އިން ވިދާޅުވިއެވެ.
މީގެ ކުރިންވެސް ޖަލުން ގިނަ އަދަދެއްގެ ގައިދީންނާއި ޖަލު ބަލަހައްޓާ އޮފިސަރުންތަކެއް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

