ގއ އަދި ގދ އަތޮޅުގެ ލީޑިންގ ޓީޗަރުންނަށް އަމާޒުކޮށްގެން އަބޫބަކުރު ސްކޫލުގައި ބޭއްވުނު މަސައްކަތު ބައްދަލުވުން ނިންމާލައިފިއެވެ.
ޑިސެމްބަރ 15 އިން 16 އަށް ބޭއްވުނު ”ޝާމިލްކުރުމުގެ ސިޔާސަތަށް އަހުލުވެރިކުރުމަށް ސަރަޙައްދީ ފެންވަރުގައި ބާއްވާ މަސައްކަތު ބައްދަލުވުން” މައިގަނޑު މަޤްސަދަކީ ޝާމިލްކުރުމުގެ ސިޔާސަތަށް ގއ އަދި ގދ އަތޮޅުގެ ސްކޫލްތަކުގެ އިސްވެރިން އަހުލުވެރިކުރުވުން ކަމަށާއި މުއައްސަސާތަކުން ޝާމިލްކުރުމުގެ ވެށްޓެއް ޤާއިމުކުރުމަށްޓަކައި ކުރެވިދާނެ ބައެއް ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކުރުމެވެ. އަދި ވޯރކްޝޮޕްގެ 2 ވަނަ ދުވަހުގެ ސެޝަނުގެ ތެރޭގައި އަބޫބަކުރު ސްކޫލުގެ ސަކްސަސް ސްޓޯރީ ހިއްސާކުރެވިގެންދިޔައެވެ.
މިބައްދަލުވުމުގެ ޝަރަފުވެރި މެހެމާނަކީ ތިނަދޫ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު އަޖީބްއެވެ.
އަބޫބަކުރު ސްކޫލުގެ ހޯލުގައި ބޭއްވުނު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ތިނަދޫ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު އަޖީބް ވިދާޅުވީ އިންސާނާ ދިރިހުރުމަށްޓަކައި ކާނާ އާއި ސާފު ބޯފެން ބޭނުންވާ ފަދައިން ތައުލީމަކީވެސް މުޖުތަމައުގެ ކޮންމެ ފަރުދަކަށް ލިބެންޖެހޭ ހައްޤެއް ކަމަށެވެ.
ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުންނަ ކުދިން ފަސޭހަކަމާއެކު ފާހަނގަ ކުރެވުނަސް ނަފްސާނީ ބަލިމަޑުކަމެއް ހުންނަ ކުއްޖަކު ފާހަނގަކޮށްލުމަކީ ފަސޭހަ ކަމަކަށް ނުވާނެކަމަށް އަޖީބު ފާހަނގަ ކުރެއްވިއެވެ.
މީގެ އިތުރުން ޖިސްމަާނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވުރެ ހާއްސަ ހާލަތްތައް ދިމާވާ ކުދިންގެ ފަރާތުން މުޖުތަމައުއަށް ނުރައްކާ ބޮޑު ކަމަށާއި މިފަދަ ކުދިންނަށް ހާއްސަ ސަމާލުކަމެއްދީ ތައުލީމް ފޯރުކޮށް ދެވޭނެ ގޮތްތައް ވިސްނަން ޖެހޭކަމަށް އަޖީބް ވިދާޅުވިއެވެ.
މިފަދަ ވޯކްޝޮޕެއް ފުރިހަމަކަމާއެކު ރާވާ ހިންގުމަށް އަބޫބަކުރު ސްކޫލް އާއި ޔުނިސެފުން އަދި ތިނަދޫގެ މުއައްސަސާތަކުން ދެއްވި އެހީތެރިކަމާއި އެއްބާރުލުން ފާހަނގަކޮށް ވޯރކްޝޮޕްގެ ކޯޑިނޭޓަރ ޑިޕާރޓްމަންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ ހަލީމަތު ހުސައިންގެ ވަނީ އެފަރާތްތަކާއި ވޯކްޝޮޕްގގެ ބައިވެރިންނަށް ޝުކުރު އަދާކޮށްފައެވެ.
މި ފެނަލް ޑިސްކަޝަންގެ މޮޑަރޭޓަރ އަކީ މުހިޔިއްދީން ސްކޫލުގެ ޕްރިންސިޕަލް އަލްފާޟިލާ ނާޒިމާ އަލިމަނިކުއެވެ.
މަޝްވަރާ ބައްދަލުވުމުގެ ޕެނަލިސްޓުންނަށް ބަލާލާއިރު:
- ޕެނަލިސްޓް 1: އަހުމަދު އަފްރާހު – ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތެއް
- ޕެނަލިސްޓް 2: ޝިފާޒް މުޙައްމަދު – ޕްރިންސިޕަލް / ގދ. އަތޮޅު ތަޢުލީމީ މަރުކަޒު
- ޕެނަލިސްޓް 3: އަމީޒާ އަފީފް – އެސިސްޓެންޓް ކައުންސިލް އޮފިސަރ / ގދ. ތިނަދޫ ކައުންސިލް
- ޕެނަލިސްޓް 4: މަރިޔަމް ޝަރޫނާ އާދިލް – ލެކްޗަރަރ / އެމް.އައި ކޮލެޖް
- ޕެނަލިސްޓް 5: ހައުލަތު ޢަލީ – އެގްޒެކެޓިވް ޑިރެކްޓަރ / ޕަބްލިކް ވޯރކްސް
- ޕެނަލިސްޓް 6: ޝިހާނަތު އިބްރާހީމް – ލެކްޗަރަރ / އެމް.އެން.ޔޫ ތިނަދޫ ކެމްޕަސް
- ޕެނަލިސްޓް 7: ހަސަން ފައިހަތު ޤުދުރަތުﷲ – އަތޮޅު ކައުންސިލްގެ ރައީސް
- މި ވޯރކްޝޮޕްގެ އަބޫބަކުރު ސްކޫލުގެ ފޯކަލް ޕޮއިންޓް: އަބޫބަކުރު ސްކޫލުގެ އިންކްލޫސިވް އެމްބެސެޑަރ މަރްޔަމް ރިޔާޝާ
- ވޯރކްޝޮޕްގެ ކޯޑިނޭޓަރ – ޑިޕާރޓްމަންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ ހަލީމަތު ހުސައިން ހިމެނެއެވެ.

