އިންޑިއާ ސިފައިން ރާއްޖެ އައިސްގެން އުޅެނީ ޕީޕީއެމް އާއި، ރައީސް ޔާމިންގެ ދައުވަތަކަށް ނޫން ކަމަށާއި، އިންޑިއާ ސިފައިން މި ރާއްޖެއަށް އައިސް އުޅެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ، ކ. ތުލުސްދޫގައި މިއަދު ބޭއްވި އިންޑިއާ އައުޓް ހަރަކާތުގައި ވާހަކަ ދައްކަވަމުންނެވެ.
އެ ހަރަކާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އިންޑިއާ އަށް މި ރާއްޖެއިން ޖާގަ ދޭން ބޭނުން ނުވާކަމަށާއި، އިންޑިއާގެ އަސްކަރިއްޔާގެ އެއްވެސް މީހަކަށް ދިވެހި ރާއްޖޭގައި މިގޮތަށް ތިބޭކަށް ޖަގާ ދޭކަށް ބޭނުމެއް ނުވާ ކަމަށެވެ.
މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ، އިންޑިއާ އައުޓްގެ ފޯރި އިތުރުވެއްޖެނަމަ އިންޑިއާ ސިފައިން ތިބި ސަރަހައްދު ތަކުގެ މީހުން ވެސް އެފަރާތްތަކަށް ނޫނެކޭ ބުނާނެ ކަމަށާއި ޕީޕީއެމްގެ ފަރާތުން ވެސް އެފަރާތްތަކަށް ބުނާނީ ނޫނެކޭ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ވުމާއި އެކީ އިންޑިއާ އައުޓް ހަރަކާތް އިތުރަށް ވަނީ ވަރުގަދަ ވެފައެވެ. އެގޮތުން އަތޮޅު ތެރޭގެ ރަށްތަކުގެ އިތުރުން މާލޭގައި ވަނީ އިންޑިއާ އައުޓް ހަރަކާތް ފަށާފައެވެ.

