އަހަރެންގެ މަންމައަކީ އަހަރެންގެ ރާނީގެ މަޤާމްދެވިފައިވާ ކަމަނާއެވެ. ދުނިޔޭގައި އެމީހަކަށްޓަކައި އަހަރެން އެންމެ ޤަދަރުކުރާ އިންސާނާއެވެ. އާއެކެވެ. އެއީ ނުވަމަސް ދުވަހު އަހަރެންނަށްޓަކައި އެތައް ތަކްލީފްތަކެއް އުފުލި ހިތްވަރުގަދަ އަންހެނާއެވެ. ކޮންމެއަކަސް މަންމަގެ އުގުން ވަކިވެގެންދާ އެއް ދުވަހެއް ކަމުގައި ދަރިފުޅު ކުރާ ކައިވެނި ވެގެންދެއެވެ. އެދުވަހު އަހަރެންގެ މަންމަ ކަރުނައަޅާ އަހަރެންނަށް އޯގާތެރިވިއެވެ.
ދަރިފުޅާއެވެ. ހަޔާތުން ތި ނިންމާލަނީ ވަރަށް ބޮޑު ނިންމުމެކެވެ. އެތައް ހަނގުރާމަތަކާއި އެތައް އުދަނގޫ މަރުހަލާތަކެއްގެ ކުރިމަތީގައި ދަރިފުޅު ހިތްވަރުކުރާށެވެ. ދިރިއުޅުމާއިމެދު ފޫހިނުވާށެވެ. ދިރިއުޅުމަށް ކެތްތެރިވާށެވެ. ކޮންމެ ދަތި އުނދަގުލެއް ފަހަތުގައި ނިޢުމަތެއް ﷲ މިންވަރުކުރައްވާފައިވާނެކަން ދަންނާށެވެ.
ދަރިފުޅާއެވެ. މަންމައާއި ވަކިވިކަމުގައި ވިޔަސް ދިރިއުޅުމުގައި އުފުލަން ޖެހޭ ބުރަ އަމިއްލައަށް އުފުލާށެވެ. އަމިއްލައަށް ކަންތައްތައް ކުރަން ދެނެގަންނާށެވެ. ދިރިއުޅުމަށް ހީވާގިވާށެވެ. ދިރިއުޅުމުގައި ތަރުތީބީ ނިޒާމެއް ގެންގުޅޭށެވެ.
ދަރިފުޅާއެވެ. ފިރިމީހާއަށް ކިޔަމަންގަންނާށެވެ. ކައިވެނީގެ ހަޔާތުން ދަރިފުޅަށް ލިބޭނެ އެންމެބޮޑު އެއް ނިޢުމަތަކީ ފިރިމީހާގެ ރުހުން ލިބިގެންވާ އަންހެނަކަށްވުމެވެ. އޭނާއަށް އޯގާތެރިވެ އަޅާލުން ދޭށެވެ. ކައިވެނީގެ ލޯބި ދެމީހުން އެކުގައި އަމުނާލަންވާނެވެ. ނަމަނަމަ ފިރިމީހާގެ ވާހަކަ އެތަނެއްގެ ހަތަރުފާރުން ބޭރުވެ ނުދޭށެވެ.
ދަރިފުޅާއެވެ. ދެމީހުންގެ ދެމެދުގައި ޖެހޭ މައްސަލަތކުގައި 3 ވަނަ ފަރާތެއް ބައިވެރިނުކުރާށެވެ. އަމިއްލައަށް ހައްލުކުރާށެވެ. ރިވެތި ގޮތަކީ އެއީއެވެ. ދަރިފުޅާއެވެ. ކައިވެނީގެ ގޮށް ޒީނަތްތެރިކުރާށެވެ. ތިބާ އުޅޭ މާހައުލް ޒީނަތްތެރިކުރާށެވެ. އަމިއްލަ ހަށިގަނޑާޢި ފޭރާން ޒީނަތްތެރިކުރާށެވެ. އަދި ރަނގަޅު ނަސްލެއް އާބާދުކުރާށެވެ. ދިރިއުޅުމުގައި ބަރަކާތް ލައްވަނީ ﷲ ސުބުހާނަހޫ ވަތަޢާލާޢެވެ.

