ގދ ވާދޫއިން ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އިތުރު 8 މީހަކު ކޮވިޑް-19 އަށް ފައްސިވެ އެކްޓިވް ކޭސްގެ އަދަދު 71 އަށް އަރައިފިއެވެ.
ވާދޫއިން ކޮވިޑް-19 އަށް ބަޔަކު ފައްސިވެ، އެރަށް މޮނިޓަރިންގ އަށް ލާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށުން ކޭސްތަކެއް ފެނިފައިވަނީ އެރަށަށް ބޭރުން އައި މީހަކު ބައްޔަށް ފައްސިވުމާއި ގުޅިގެން ރެންޑަމް ސާމްޕަލްގެ ގޮތުގައި ނެގި ސާމްޕަލްތަކެއް ފައްސިވެގެންނެވެ.
ވާދޫ ހިމެނޭހެން މިވަގުތު 21 ރަށެއް އޮތީ ބަންދުކޮށްފައެވެ.

