ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ނެޓްވޯކް ކަމަށްވާ ދިރާގު ފައިބާ އިންޓަރނެޓާއި ދިރާގު ޓީވީގެ ޚިދުމަތް މިހާރު ގއ.ގެމަނަފުށިންވެސް ލިބެން ހުންނާނެއެވެ.
ހާއްސަ އޮފާތަކާއެކު ދިރާގުން މިވަނީ ގެމަނަފުއްޓަށް ފައިބަރ އިންޓަނެޓް ޕެކޭޖްތަކާއެކު ދިރާގު ޓީވީގެ ޚިދުމަތްވެސް ފޯރުކޮށްދީފައެވެ. ދިރާގު ފައިބާ ބްރޯޑްބޭންޑް ޕެކޭޖަށް އެޕްލައިކުރާ ކަސްޓަމަރުންނަށް ހިލޭ ފައިބާ ގުޅައިދިނުމުގެ އިތުރުން ފައިބާއަށް ބޭނުންވާ ޚާއްސަ ރައުޓަރު ނުވަތަ އޯއެންޓީ ވެސް ހިލޭ ލިބިގެންދާނެއެވެ.
ދިރާގުން ބުނާގޮތުގައި މިއީ އެންމެ ހަލުވި ސްޕީޑް އާއި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖްތައް ޚިޔާރުކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެކެވެ.
މީގެ އިތުރުން މިއޮފާގެ ދަށުން ދިރާގު ޓީވީގެ ޖޯއި ބޮކްސް މުޅިން ހިލޭ ލިބިގެންދާއިރު ގުޅައިދިނުންވެސް މުޅިން ހިލޭ ކަމަށް ދިރާގުން ބުނެފައިވެއެވެ. އަދި ގެމަނަފުށީ ރައްޔިތުންނަށް މިހާރު އެންމެ މަގުބޫލު ޓީވީ އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓެ އެއް ޕްލެޓްފޯމެއްގެ ދަށުން ބަލާލެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
ދިރާގުން ހާމަކުރާ ގޮތުގައި ރާއްޖޭގެ 80 ޕަސެންޓް ގޭބިސީއަށް ދިރާގު ފައިބާ ނެޓްވޯކްގެ ޚިދުމަތް ވަނީ ގުޅައިދެވިފައެވެ. އަދި ރާއްޖޭގެ 77 ޕަސެންޓް ގޭބިސީގައި ދިރާގު ޓީވީގެ ޚިދުމަތް ބޭނުން ކުރަމުންދާކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ. ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ޚިދުމަތެވެ.

