ކޮވެކްސް ފެސިލިޓީން އެއްލައްކައަށް ވުރެ ގިނަ ޑޯޒްގެ ފައިޒާ ވެކްސިން ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
ޔުނިސެފް މޯލްޑިވްސްއިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ބޫސްޓާ ޑޯޒް ޖެހުމަށް ރާއްޖެއަށް މިއަދު 100،620 ޑޯޒް ވެކްސިންގެ އައު ޝިޕްމަންޓެއް ލިބިފައިވާ ކަމަށާއި ރާއްޖޭގައި ބޫސްޓާރ ޑޯޒް ދެނީ އުމުރުން 50 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމް ބަލިކަށި މީހުން އަދި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހުންނަށް އެކަންޏެވެ.
އެހެންނަމަވެސް ރިސޯޓު މުވައްޒަފުންނަށާއި ކުރީ ސަފުގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިންނަށް ބޫސްޓާ ޑޯޒް ދިނުމަށް މިމަހު ފުރަތަމަ ހަފްތާގައި ހުޅުވާލާނެކަމަށާއި މިމަހު މެދުތެރެއިން އާންމުންނަށް ބޫސްޓަރ ޑޯޒް ޖެހުމަށް ފުރުސަތު ދެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ރާއްޖޭގައި ބޫސްޓަރ ޑޯޒް ޖެހުމަށް ބޭނުން ކުރަމުންދަނީ ފައިޒާ ވެކްސިންއެވެ.

