ފެންހޮޅިއެއް ފަޅައިގެން ގޮސް މާލޭގެ ބައެއް ސަރަހައްދުތަކުން ފެނުގެ ހިދުމަތް ކެނޑިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފެނުގެ ހިދުމަތަށް ބުރޫއަރާފައިވަނީ އެމްޑަބްލިއުއެސްސީ އިން ކުރަމުންގެންދާ މަރާމާތުގެ މަސައްކަތެއް ކުރަނިކޮށް ފެން ދިނުމަށް އަޅާފައިވާ ހޮޅިއެއް ފަޅައިގެން ދިއުމުގެ ސަބަބުންނެވެ.
އެމްޑަބްލިއުއެސްސީ އިން ވަނީ، ފެނުގެ މައި ނެޓްވޯކުގެ މަރާމާތުގެ މަސައްކަތެއް ކުރިއަށް ދާ ކަމަށާއި، އެމަސައްކަތުގެ ސަބަބުން ބައެއް ސަރަހައްދު ތަކުން ފެނުގެ ޕްރެޝަރު ދަށް ވެދާނެ ކަމަށް ބުނެފައެވެ.

