ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރައްޔިތުންްގެ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ފެންނަ ކަމަށް މަޖިލީހުން ފާސްކޮށްފިއެވެ.
ޝެއިހް ހަސީނާ މަޖިލީހުގައި ތަގުރީރުކުރެއްވުމާ ގުޅޭގޮތުންް ވޯޓަށް އެހުން އޮތީ ދައުރުން ބޭރުން އެޖެންޑާކޮށްގެން މިއަދު ބޭއްވި ޖަލްސާގައެވެ. އެކަމަނާ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރުކުރެއްވުމާ ގުޅޭގޮތުން މަޖިލީހަށް މިއަދު ހާޒިރުވެ ތިބި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ ފާސްވެފައެވެ. ވޯޓުގައި ބައިވެރިވެ 44 މެންބަރަކު ވަނީ ފެންނަ ކަމަށް ވޯޓު ދީފައެވެެ.
ޝެއިހް ހަސީނާ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރުކުރައްވާ ޖަލްސާ ތާވަލްކޮށްފައި ވަނީ މިމަހުގެ 23 ވަނަ ދުވަހުގެ 16:00 އަށެވެ.
ޝެއިހް ހަސީނާ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ އަންގާރަ ދުވަހުއެވެ. ދެ ދުވަހަށް ކުރައްވާ މި ދަތުރުފުޅުގާ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް މީހުންގެ މައްސަލަ ހައްލުކުރުމަށް ދިވެހި ސަރުކާރާއެކު މަޝްވަރާކުރާނެއެވެ.

