ޓޮކްސިކް މީހުން (އަމިއްލަ އެދުން އިސްކުރާ، މީހުންނާ ޒާތީވެ، ތަފާތު ގެއްލުންދޭ ނުރައްކާތެރި މީހުން) ދެނެގަންނަން ބައެއް ފަހަރު ވަރަށް ބޮޑަށް އުދަނގޫ ވެއެެ. މިހެން މިކަން މެދުވެރިވުމުގައި ސަބަބުތަކެއްވެސް އެކުލެވެއެވެ. މިފަދަ ފަރާތްތަކުގެ ޝިކާރައަކަށްވެފައިވާ މީހުން، އެމީހުންގެ އަމިއްލަ ނަފްސާއި ތަފާތު ސުވާލުކުރުން ތަކެއްގެ ތެރެއަށް ދޫކޮށްލައެވެ. އަދި މިފަދަ ޓޮކްސިކް ފަރާތްތައް، އެހެންމީހުންގެ ދިރިއުޅުމުގައި ކޮންޓްރޯލް ނެގޭފަދަ ގޮތަކަށް ދޫކޮށްލުމަށް އެފަރާތްތަކުން މަސައްކަތްކުރެއެވެ.
ޓޮކްސިކް މީހުންނަކީ ނުރައްކާތެރި ބަޔެކެވެ. އަދި މިފަދަ ފަރާތަކާއިއެކު ގުޅުން ބާއްވާނަމަ، އެގުޅުން ބާއްވާ ފަރާތެއްގެ އަމިއްލަ ނަފްސު ދަށްކޮށް ކުށްވެރިކުރުމަށް ތަފާތު ނުރައްކާތެރި އުކުޅުތައް އެފަރާތްތަކުން ބޭނުންކުރެއެވެ. ޓޮކްސިކް ފަރާތްތައް، އެފަރާތް ބޭނުންވާ މަޤްޞަދު ހާޞިލްކުރުމަށް އެހެނިހެން ފަރާތްތަށް ބޭނުންކުރުމަށް ގެންގުޅޭ ބައެއް އުކުޅުތަކަށް މިލިޔުމުގައި ބަލާލެވިފައި ވާނެއެވެ. މިފަދަ ބައެއް އުކުޅުތަކުގެ ތެރޭގައި ތިރީގައިވާ ބައެއްކަންކަން ފާހަގަކޮށްލެވެއެވެ.
ޓޮކްސިކް ފަރާތްތައް އެމީހުންގެ ބަސްތައް ބޭނުންކުރަނީ ތިބާ ދަށްކޮށްލުމަށް
އެމީހުން އެމީހުންގެ ބަސްތައް ބޭނުންކުރަނީ ތިބާ ގެ ލޮލުން ކަރުނަ ހިލުވާލައި، ދެރަކޮށްލައި ތިބާއަކީ އެއްވެސް އަގެއް ނެތް ދެރަމީހެއްކަން ތިބާއަށް ވިސްނުވައި ދިނުމަށެވެ.
ޓޮކްސިކް މީހުން ބޭނުންވަނީ ތިބާއަށް ކޮންމެވެސް ކަމެއް ވާކަމުގެ އިހުސާސް ކުރުވައި، އެކަމެއް ގެ ވަށައިގެން އެނބުރޭން ތިބާ އަށް ރަނގަޅު ނޫން ކަހަލަ އިހުސާސެއް ކުރުވުމަށް ޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާށެވެ. އެމީހުން ތިބާއަށް ނަމުން ގޮވައި، ފުރައްސާރަކޮށް، އަދި ތިބާއަށް މަލާމާތްކޮށް ފުރައްސާރަކުރާނީ ކީއްވެގެންތޯ ސުވާލުކުރާނެއެވެ. ވިސްނުން ތޫނު، އަދި ކުރިޔަށް ދިޔުމުގައި، ގޮންޖެހުމަކަށް ވެދާނެ ކޮންމެ ފަރާތެއްގެ އަގުވައްޓާލައި، ދަށްކޮށްލުމަށް މިފަދަ ފަރާތްތަށް ކެނޑިނޭޅި މަސައްކަތް ކުރެއެވެ.
އެހެން މީހުންނަށް ހެޔޮގޮތްވުމަށް އެދޭ ބަޔެއްގެ ގޮތުގައި މަންޒަރު ދައްކާ
އެހެން މީހުންގެ އިޙްސާސްތައް ބަލައިގަންނަ ހެޔޮއެދޭ ބައެއްގެ ގޮތުގައި ދެއްކުނު ނަމަވެސް، މިފަދަ ފަރާތްތަކުގެ އަމަލުން އެކަން ނުފެންނާނެއެވެ. ޓޮކްސިކް ފަރާތްތައް ބޭނުންވަނީ ތިބާ އެމީހުން ކައިރިޔަށް ގޮސް ކަންކަމުގައި ސަލާންޖަހައި، ތިބާގެ ސަމާލުކަން އެމީހުންނަށް ބަހައްޓައި، ތާއަބަދު ތިބާ އެމީހުންނަށް ބަރޯސާވުމަށެވެ. އެހީތެރިކަން ފޯރުކޮށްދޭ ބަޔެއްގެ ގޮތުގައި މަންޒަރު ދަށްކައިގެން ތިބި ނަމަވެސް، އެފަދަ ފަރާތްތަކުގެ އެހީތެރިކަން ތިބާ ބޭނުންވާއިރު، ތަފާތު ބަހަނާ ދައްކައިގެން އެހީތެރިކަން ފޯރުކޮށްދިނުމަށް ދެކޮޅު ހަދާނެއެވެ.
އެބައިމީހުން ތިބާއާއި ދެކޮޅަށް ތިބާގެ ބަލިކަށިކަން ބޭނުންކުރޭ
ޓޮކްސިކް މީހުން ތިބާގެ ބަލިފައިތައް ފަސޭހައިން ދަނެގަނެ، ތިބާގެ ބަލިފައިގެ ފުރިހަމައަށް ބޭނުން ހިފައެވެ. މިސާލަކަށް، ތިބާ އަކީ އެހެން މީހުން ދެރަވެ ރޮއި ހަދާތަން ދެކެން ކެތް ނުވާ މީހެއްކަން ފާހަގަކުރެވިއްޖެ ނަމަ، ތިބާ ބޭނުންކޮށްގެން، އެމީހުން ބޭނުންވާ ކަމެއް ކުރުމަށް، ތިބާގެ މިބަލިކަށިކަމުގެ ފައިދާ ނަގައި، އެމީހުން ބޭނުންވާ ކަންކަން ކުރުމަށް، މިސިފައިގެ ބޭން ނުރަނގަޅުގޮތުގައި ގޮތުގައި، ތިބާއާއި ދެކޮޅަށް ބޭނުން ކުރެއެވެ.
ހަޤީޤަތް ފެންނަން އޮންނަ އިރުވެސް، ފަސޭހައިން އޮޅުވާލާ:
ހަޤީޤަތް ލޯކުރިމަތިން ފެންނަން އޮންނަ އިރުވެސް ހަޤީޤަތް ޤަބޫލުކުރުމަށް އަދި އެއީ ހަޤީޤަތްކަން ދައްކަން ޓޮކްސިކް ފަރާތްތަށް ބޭނުން ނުވެއެވެ. ތިބާ ދައްކާ ވާހަކަ ނުވަތަ ދެކޭގޮތަކީ އެންމެ ރަނގަޅު ގޮތް ކަން ކަނޑައެޅިގެން އެނގެން އޮންނައިރުވެސް، އެފަދަ ފަރާތްތަށް ތިބާއަށް އެކަން ވިސްނުވައިދޭން ބޭނުން ނުވާނެއެވެ. އަދި އެފަދަ ކަންކަމުގައި ގިނަފަހަރު އަމިއްލަޔަށް އެކަމެއްގެ މޮޅުކަން ނަގައި، އޮޅުވާލުމަކީ، މިފަދަ ފަރާތްތަށް އޮޅުވާލައެވެ.
އެމީހުންގެ އުނިސިފަތައް ތިބާގެ ކިބައިގައިވާ ކަމެއްގެ ގޮތުގައި އެހެން މީހުންނަށް ދެއްކުން
ޓޮކްސިކް މީހުން އެމީހުންގެ އުނިސިފަތައް ތިބާގެ ކިބައިގައިވާ ކަމެއްގެ ގޮތުގައި އެހެން މީހުންނަށް ދެއްކުމަށް މަސައްކަތް ކުރެއެވެ. ބޭނުމަކީ، މިގޮތަށް އަމަލުކުރުމަކީ، އެއުނިސިފަގެ ސަބަބުން ކުރިމަތިވާ ތަފާތު ކަންކަން އަމިއްލަޔަށް އިޙްސާސް ނުކުރުމަށެވެ. މިފަދަ އުނި ސިފަތަށް ރަނގަޅުކުރުމަށް ތަފާތު މަސައްކަތް ކުރާކަމަށް ބަޔަކަށް ހެދި، އެއީ ތިބާގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމުގައި ދައްކައި، ކޮންމެ ފަދަ ހާލަތެއްގައި ވެސް ނުބައި މީހަކު ފަދައިން ތިބާއަށް އިހުސާސް ކޮށްދޭން ޓޮކްސިކް މީހުން މަސައްކަތް ކުރެއެވެ.
ތިބާގެ އަމިއްލަ ނިންމުންތައް އެފަރާތްތަކުން ނިންމާ
ތިބާ އަމިއްލަ ދިރިއުޅުމާއި ގުޅިފައި ހުންނަ ކަންކަމުގައި ތިބާ އަމިއްލަޔަށް ގޮތް ނިންމުމަށް ޓޮކްސިކް ފަރާތްތަކުން ބޭނުން ނުވެއެވެ. ތިބާ އަކީ އެފަދަ ފަރާތްތަކުގެ އަމިއްލަ އެޖެންޑާ ހާޞިލްކުރުމަށް ބޭނުންކުރާ ވަޞީލަތެއްގެ ގޮތުގައި ތިބާ ބޭނުންކުރުމަށް، ތިބާގެ ހުރިހާ ކަމެއްގެ ކޮންޓްރޯލް ނެގުމަކީ މުހިންމު ކަމެއްގެ ގޮތުގައި އެފަދަ ފަރާތްތައް ދެކެއެވެ. ތިބާއަށް ތަފާތު އެކިހާލަތްތަށް ކުރިމަތިލުމަށް މަޖުބޫރުކޮށް، ނުވަތަ ބައެއް ހާލަތްތަކުގައި އަޅާނުލުމަށް އެފަދަ ފަރާތްތަކުން ގަދައަޅައި މަސައްކަތް ކުރެއެވެ.
ތިބާ ރުޅިގަދަ ކުރުމަށް ތިބާގެ ކަންކަމަށް ހަޖޫޖަހާ
ތިބާ ރުޅި އަންނަ ކަންކަން ފާހަގަކޮށް، ތިބާ ހިންހަމަ ނުޖެހޭ ފަދަ ބަސްތައް ބޭނުންކޮށް ތިބާއަށް ހަޖޫޖަހައި، އެހެން މީހުން ކުރިމަތީ ތިބާއަކީ އަގެއް ނެތް، ކުދި ކުދި ކަންކަމާ ރުޅި ގަދަވާ މީހެއްކަން ދައްކަން ތިބާގެ އަގުވައްޓާލުމަށް މިފަދަ ފަރާތްތައް މަސައްކަތް ކުރެއެވެ. އަދި މިފަދަ ސަމާސާތަކަށް ފުރުޞަތުދީ، އެފަދަ ފަރާތްތަކަށް މަޤްޞަދު ހާޞިލްކުރުމަށް ފުރުޞަތު ދީގެން ނުވާނެއެވެ. ތިބާއަކީ އެފަދަ ފަރާތް ހިތުހުރިގޮތެއް ހަދާލަން ބޭނުންކުރާ ބުދެއް ގޮތުގައި ބޭނުންކުރުމަށް ފުރުޞަތު ނުދޭށެވެ.
މިފަދަ ފަރާތްތަކަކީ، އެމީހުންގެ މިޒާޖާއި އުޅުމާއި ގުޅުން ދެނެގަންނަށް އެހާ ފަސޭހަ ބައެއް ނޫނެވެ. މިފަދަ ފަރާތަކާއިއެކު ގުޅުމެއް ބާއްވާނަމަ، އެމީހެއްގެ އަމިއްލަ ނަފްސަށް ސުވާލު އުފެދޭ އަދި އަމިއްލަ ނަފުސު ކުށްވެރިކުރުވާ ތަފާތު ސުވާލުތަކެއް ކުރިމަތި ކުރުވައި، ދިމާވާ ކޮންމެ މައްސަލައަކީ އެމީހެއްގެ ސަބަބުން ކުރިމަތިވާ ކަމެއްގެ ގޮތުގައި ވިސްނުވައިދެއެވެ. މިފަދަ ގޮތަކަށް ކަންތައް ކުރުމުގެ މަޤްސަދުގެ ތެރޭގައި، އެފަރާތެއް ކޮންޓްރޯލް ދަށުގައި އެމީހަކު ބެހެއްޓުން ހިމެނެއެވެ.
ޓޮކްސިކް ފަރާތެއް، އާއިލީ މެމްބަރެއް ނުވަތަ އެކުވެރިއެއް ނުވަތަ ބައިވެރިއެއްގެ ގޮތުގައި ހުންނަނަމަ، ވަރަށް ބޮޑެތި ގެއްލުން ކުރިމަތިކުރުވުމަކީ އެކަށީގެންވާކަމެކެވެ. މިފަދަ ނުރައްކާތެރި މީހުންނަކީ މީހުންގެ ސިކުނޑިތަކާއި ކުޅެލަން މޮޅު ބަޔެކެވެ. އެފަދަ ފަރާތެއްގެ އަމިއްލަ މަޤްސަދު ހާޞިލްކުރުމަށް، ކަންތައްތައް ގެންދަންވާގޮތް ވަރަށް މޮޅަށް ރާވާލައެވެ. އެފަދަ ފަރާތަކާއި ގުޅުން ބާއްވައި، ދިރިއުޅުމުގައި ބަހައްޓަން މަސައްކަތް ކުރާނަމަ، ނޭނގި ނަމަވެސް އެމީހަކު އެ ހުށަހެޅެނީ ވަރަށްބޮޑު ނުރައްކަލަކަށެވެ. އެންމެ ބޮޑު ނުރައްކަލަކީ، މީހާގެ އަމިއްލަ ވިސްން އެއްކިބާކޮށް، އެފަރާތް ބޭނުންވާގޮތަކަށް ވިސްނުމުގެ މިސްރާބު ބަދަލުކޮށްލުމެވެ.

