ޑިންގީ އަކާއި ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވެގެން ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، ވިލިމާލެ ދެކުނުން ލޯންޗަކާއި ޑީންގީއެއް ޖެހި، ހިނގި އެކްސިޑެންޓެއްގައި 2 މީހަކަށް އަނިޔާވެގެން ފަރުވާ ދެމުންދާ ކަމަށާއި، މިހާދިސާގައި ޑިންގީ ވަނީ އަޑިއަށް ގޮސްފައި ކަމަށެވެ.
މިއެކްސިޑެންޓް ގެ މައުލޫމާތު ލިބިފައިވަނީ މިރޭ 18:50 އެހާކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ
މިއެކްސިޑެންޓްގައި އަނިޔާވީ ދެފިރިހެނަކަށް ކަމަށާއި، އެދެމީހުންނަށް ވެސް ފަރުވާދެމުން ދެންދަނީ އައިގީއެމްއެޗް ގައި ކަމަށްވެސް ފުލުހުން ބުންޏެވެ.
އެހާދިސާގައި ޑިންގީ އަޑިއަށް ގޮސްފައިވާތީ، އެސަރަހައްދުން ދަތުރުކުރާ ފަރާތްތައް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

