އަންނަ ޖެނުއަރީ 1 އިން ފެށިގެން ކާރު ދުއްވާއިރު ކާރުގެ ސީޓް ބެލްޓު އެޅުން މަޖުބޫރުކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކުރިގޮތުގައި ހަތަރު ފުރޮޅުލީ އުނޅަދުތައް ދުއްވާއިރު ސީޓް ބެލްޓް އަޅަން ޖެހޭ ގޮތަށް އެއްގަމު އުނޅަދު ދުއްވުމުގެ އާންމު ގަވާއިދަށް މިދިޔަ އޮކްޓޯބަރ މަހު 11 ވަނަ ދުވަހު އިސްލާހް ގެނެސްފައިވާކަމަށާއި އަންނަ އަހަރު ޖެރުއަރީ މަހުން ފެށިގެން އެޤަވައިދަށް އަމަލުކުރަން ޖެހޭނެ ކަމަށެވެ.
މިޤަވައިދުގައި ބުނާގޮތުން 30 ކިލޯމީޓަރަށްވުރެ ބާރަށް ދުއްވާ މަގުތަކުގައި ހަތަރު ފުރޮޅުލީ އުނޅަދުތައް ދުއްވާއިރު ޑްރައިވަރުގެ އިތުރުން އުނޅަދުގެ ކުރީ ސީޓުގައި އިންނަ މީހާ ޖެނުއަރީ އެއް ވަނަ ދުވަހުން ފެށިގެން، ސީޓްބެލްޓް އަޅަން ޖެހޭނެއެވެ.
މިގަވާއިދާއި ހިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރެވޭނެ ވާހަކަ ޤަވައިދުގައި ބަޔާންކޮށްފައިވެއެވެ.

