މޮބައިލް ފޯނުތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތު ކުރެވޭ ބިދޭސީއަކު، އާންމުން ނުކުމެ އޭނާ ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އާންމުން ނުކުމެ އޭނާ ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި ހުޅުމާލެއިންނެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ 7 މޮބައިލް ފޯނު ވަގަށް ނަގާފައިވާ މައްސަލައެއްގައެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ލިބިފައިނުވެއެވެ.
ހުޅުމާލޭގައި ވައްކަމުގެ މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފައިވާއިރު، ރޭގެ ވަގުތެއްގައި މާލޭގެ ގެއަކުން ވައްކަން ކުރަން އުޅެނިކޮށް ވައިގޮޅި ތެރެއަށް ވެއްޓި މީހެއްގެ ފައި ބިދިގެން އައިޖީއެމްއެޗް އަށް ގެންގޮސް ވަނީ ފަރުވާ ދީފައެވެ.

