މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ގއ.އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާ ހަމަޔަށް ނެރެފައިވާ ހުދު ސަމާލުގެ މުއްދަތު އިތުރުކޮށްފިއެވެ.
މިރޭ އެންމެ ފުރަތަމަ ދެކުނުގެ އަތޮޅުތަކަށް ވައިލް އެލާރޓް ނެރެފައިވަނީ 20:00 އިން ފެށިގެން 00:00 އަށެވެ. އެގޮތުން އެވަގުތުތަކުގައި ބާރަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ދެކުނުގެ އަތޮޅުތަކަށް މިރޭ ފުރަތަމަ ނެރުނު ހުދު ސަމާލުގެ މުއްދަތު ހަމަވުމުން މެޓް އޮފީހުން އަނެއްކާވެސް ހުދު ސަމާލުގެ މުއްދަތު އިތުރު ކޮށްފައި މިވަނީ، މިރޭ 00:15 އިން 05:00 އަށެވެ.

