ނަފްރަތު އުފެދޭ ކަންކަމާއި ދުރުވެ، ސުލްހަވެރި ސިޔާސީ ހަރަކާތުގައި ދެމިތިބުމަށް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައިފިއެވެ.
ރާއްޖޭގެ އެއްބައިވަންތަ ކަމުގެ ދުވަހާއި ގުޅިގެން ރައީސް ނަޝީދު ކުރެއްވީ މިފަދަ ދުވަހެއްގައި ޤައުމުގައި ބައިބައިވުން އުފެދި ހަމަޖެހުން ގެއްލޭފަދަ ކަންކަމުން ދުރުވުމަށް އަޒުމް އާކުރަން ޖެހޭކަމަށެވެ. ނަފްރަތު އުފެދޭ ކަންކަމާއި ދުރުވެ، ސުލްހަވެރި ސިޔާސީ ހަރަކާތުގައި ދެމިތިބުމަކީ މިއަދު އަޒުމް އާކުރަންޖެހޭ ކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
2004 ވަނަ އަހަރުގެ ސުނާމީގެ ބިރުވެރި ހާދިސާއަށް ފަހު ރާއްޖޭގައި މިއަދުވެސް ފާހަގަ ކުރާންފެށީ ދިވެހިންގެ އެއްބައިވަން ކަމުގެ ދުވަސް ގޮތުގައި. އެމްޑީޕީއާއި އެމްޑީޕީގެ ވާދަވެރިންވެސް ބައިވެރިވުމާއި، ނަފްރަތު އުފެދޭ ކަންކަމާއި ދުރުވެ، ސުލްހަވެރި ސިޔާސީ ހަރަކާތުގައި ދެމިތިބުމަށް މިއަދު އަޅުގަނޑު ގޮވާލަން. – ރައީސް ނަޝީދު
ނަޝީދު އެ ގޮތަށް ގޮވާލައްވާފައި އެ ވަނީ، "އިންޑިއާ އައުޓް" ޝިއާރުގައި ޕީޕީއެމްއާއި ޕީއެންސީން ކެމްޕޭން ހަރަކާތެއް ފަށާފައިވަނިކޮށެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ގޮވާލައި އެ ހަރަކާތް ފުޅާ ވެގެން އައީ އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވި ފަހުންނެވެ.

