މަސްތުގެ ހާލަތުގައި ހުރި ފިރިހެނަކު މާލޭގެ މިސްކިތަކަށް ހޮޑުލައިފިއެވެ.
މައުލޫމާތު ލިބުނުގޮތުގައި މާލޭގެ ބަރްބަރީ މިސްކިތުގެ ތެރެޔަށް ހޮޑުލި ޒުވާނާ އޮތީ މިސްކިތުގެ ތެރޭގައި ނިދާފައެވެ.
ރޭ ފަތިހު އެމިސްކިތަށް ފަތިސްނަމާދުކުރަން ދިޔަ ބަޔަކު މީޑީޔާއަށް މައުލޫމާތު ދިން ގޮތުގައި ފަތިސްނަމާދުކުރަން ވެގެން އެޒުވާނާއަށް ގޮވާ ހޭލެއްވުމުން އޭނާ ވަނީ މިސްކިތުތެރެޔަށް ހޮޑުލާފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.
މިފަދަ މައްސަލަތައް ރާއްޖޭގައި މިދަނީ އާންމުވަމުންނެވެ.މިސްކިތުގެ ހުރުމަތް ކެނޑުމުގެ މައްސަލަތައް ފަހަކަށް އައިސް ވަރަށް ގިނައިން ފެންމަތިވެއެވެ. އޭގެތެރޭގައި މިސްކިތްތަކަށް ކުޑަކަމު ދިޔުން، ބޮޑުކަމު ދިޔުން އަދި މިސްކިތަށް ވަދެ ޚަތިމަށް ކުޅު ޖަހާ މައްސަލަވެސް ވަނީ ފެންމަތިވެފައެވެ.
މީގެއިތުރުން މިސްކިތްތަކުގައި ކެއިން ބުއިމާއި ނިދުމާއި އެއްޗެހި ދޮވެފައި ހިއްކަން އަޅުވާ މައްސަލަވެސް ވަނީ ފެންމަތިވެފައެވެ.

