ފަރުމައްޗަށް ބޯވަ ނަގަން ފޭބި މީހަކު ގެއްލިގެން ހޯދާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއެވެ.
އޭނާ ގެއްލުނުއިރު އެންމެ ފަހުން ލައިގެން ހުރީ އަޅިކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރަމުން ދިޔަ ނަމަވެސް އަދި މިހާތަނަށް ވަނީ ހޯދާ ނުފެނިފައެވެ.
މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު 08:58 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

