އެއްވެސް އިންސާނަކީ ދިރިއުޅުމުގައި ހުރިހާކަމެއް ފުރިހަމަވެފައިވާ މީހެއް ނޫނެވެ. ދިރިއުޅުމުގައި ތަފާތު އިންސާނުންނަށް ކުރިމަތިވަނީ ތަފާތު ހާލަތެވެ.
މި ލިޔުމުގައިވާ ފޮޓޯއަށް އެކަނި ބަލާލުމުންވެސް މިކަން ސާފު ވާނެއެވެ. އެންމެ ފޮޓޯއަކުން ވެސް ތަފާތު ވާހަކަތަކެއް ކިޔައިދެއެވެ. މިފޮޓޯއިންވެސް ވަރަށް މާނަފުން މެސެޖެއް ބުނެދެއެވެ.
ފޮޓޯއިން ފެނިގެން ދަނީ ތިން އާއިލާއެއް ކޯރެއްގެ އައްސޭރީގައި އިށީދެގެން ތިބޭ މަންޒަރެވެ. ފޮޓޯގެ ކަނައަތް ފަރާތުގައި ފެންނަނީ ހަމައެކަނި ފިރިހެނަކު އެކަނި ކުޑަކުއްޖަކާއި އެކު އިށީދެ އިންނަ މަންޒަރެވެ. ވައަތްފަރާތުން ފެންނަނީ އަންހެނަކު ކުޑަކުއްޖަކާއި އެކު އިށީދެގެން އިން މަންޒަރެވެ. ފޮޓޯގެ މެދަށް ވާގޮތަށް ފެންނަނީ އަންހެނަކާއި ފިރިހެނަކު ކުޑަކުއްޖަކާއިއެކު އިށީދެ އިންނަ މަންޒަރެވެ.
ލަފާކުރެވޭގޮތުން ފޮޓޯގެ ކަނައަތް ފަރާތުގައި ފެންނަ އާއިލާގެ ކުޑަކުއްޖާ ވަނީ މަންމަގެ ލޯބިން މަޙްރޫމް ވެފައެވެ. ނޫނީ އާއިލާ ރޫޅިފައެވެ. ވައަތް ފަރާތުން ފެންނަ ކުޑަކުއްޖާ އަށް ބައްޕަގެ ލޯބިން މަޙްރޫމްވެފައިވާ ކުއްޖަކަށް ވުން އެކަށީގެންވެއެވެ. އަދި އެއަންހެން މީހާގެ އާއިލާ ރޫޅިފައި ވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ފޮޓޯގެ މެދުގައި އިށީދެގެން ތިބި އާއިލާއަށް ބަލާއިރު، އެކުއްޖާ އަކީ މަންމަޔާއި ބައްޕަގެ ލޯބި ލިބިގެން ބޮޑުވަމުން އަންނަ ކުއްޖެއްކަން ވުން އެކަށީގެންވެއެވެ.
ދިރިއުޅުމަކީ އެއްވެސް އިރެއްގައި ހުރިހާ އިންސާނުންނަށް ހަމަހަމަ ފުރުޞަތުތަކެއް ލިބިގެންދާ ތަނެއް ނޫނެވެ. ދިރިއުޅުމުގައި ތަފާތު ދަތި ހާލަތް ކުރިމަތިވެ ހަނގުރާމަ ކުރަމުންދާ ނިކަމެތި ފަރާތްތަށް މުޖުތަމަޢުގައި ވެއެވެ. ތިބާއަށް ލިބިފައިވާ ނިޢުމަތްތަކަށް ޝުކުރުކުރުމާއިއެކު، ދިރިއުޅުމުގައި ތަފާތު ގޮންޖެހުންތަށް ކުރިމަތިވެފައިވާ ފަރާތްތަކަށް އިހްތިރާމްކުރާށެވެ.

