ކޮވިޑް-19ގެ ކޭސްތައް އިތުރުވެ އައްޑޫސިޓީ ހަތަރުމަސް ވަންދެން މޮނީޓަރިންގައި އޮތުމަށްފަހު ހުޅުވާލައިފިއެވެ.
އޮގަސްޓް 28 ވަނަ ދުވަހު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ އައްޑޫ ސިޓީގައި ބަލި ކޮންޓްރޯލް ކުރެވި މިވަގުތު ހާލަތު ރަނގަޅު ކަމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ. އެހެންކަމުން މޮނީޓަރިންގ އުވާލުމަށްފަހު އައްޑޫސިޓީގައި އަޅާފައިވާ ފިޔަވަޅުތަކަށްވެސް މިވަނީ ލުއި ދީފައެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާލާއިއިރު އައްޑޫ ސިޓީގައި އަދިވެސް ދުވާލަކަށް ފަސްވަރަކަށް ކޭސް ފެންމަތިވެއެވެ. އެންމެ ފަހުން ނެގުނު 123 ސާޕްލަމްގެ ތެރެއިންވެސް ޕޮޒިޓިވް ވެފައިވަނީ 4 މީހުންނެވެ.
މިވަގުތު އައްޑޫ ސިޓީގައި ކޯވިޑަށް ފަރުވާ ހޯދަމުންދަނީ 44 މީހުންނެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދަނީ 4 މީހުންނެވެ. ކޯވިޑްގައި އައްޑޫ ސިޓީން މިހާތަނަށް 12 މީހަކު ވަނީ މަރުވެފައެވެ.
މިދުވަސްވަރަކީ ޗުއްޓީ ދުވަސްވަރު ކަމަށްވާތީ ޗުއްޓީ ހޭދަކުރުމަށް އެއްރަށުން އަނެއްރަށަށް ދަތުރުކުރުމުގައި ބަލިން ރައްކާތެރިވުމަށް ދީފައިވާ އިރުޝާދުތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

