އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިޔު.ޑީ.ސީ)ގެ ހުސްވެފައިވާ ގޮނޑިޔަށް ކުރިމަތިލާން ހުޅުވާލާފައިވާ މުއްދަތު ހަމަވާން ފަސް ދުވަހަށް ވީއިރު ވެސް ގއ.ގެމަނަފުށީގެ ބައިއިލެކްޝަނަށް އެއްވެސް ފަރާތެއް ކުރިމަތިލާފައިނުވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާލުވެއްޖެއެވެ.
އީސީން މީޑިޔާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ވިދާޅުވެފައިވަނީ ގއ.ގެމަނަފުށި ހިމެނޭހެން ތިން ރަށެއްގައި އަންހެނުންގެ ކޮމިޓީއަށް ކުރިމަތިލާން ހުޅުވާލާފައިވާ މުއްދަތު މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ހަމަވެގެންދާއިރުވެސް މިހާތަނަށް ތިން ރަށުގެ ކޮމިޓީއަށް ވެސް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާ ކަމަށެވެ. އަދި އެކަމާ އީސީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިމަަހު 5 ވަނަ ދުވަހާ ހަމަޔަށް ހުޅުވާފައިވާ މިފުރުސަތުގައި ވަގުތު އޮއްވާ ކުރިމަތިލުމަށް އީސީން ވަނީ އެދިލައްވާފައެވެ.
ގެމަނަފުށީގެ އިތުރުން ހއ.ތަކަންދޫ އަދި ތ.ވިލިފުށީ ޑަބްލިޔު.ޑީ.ސީގެ ބައިއިލެކްޝަނަށް އަދި އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާ ކަމަށް އީސީން ވަނީ ހާމަކޮށްފައެވެ.

