އާއަހަރުގެ އުފާފާޅުކުރުމުގެ ގަދަފޯރީގައި ދުއްވަމުންދަނިކޮށް ސިނަމާލޭ ބްރިޖްގައި ދެގަޑިއިރުތެރޭ ތިން އެކްސިޑެންޓް ހިގައިފިއެވެ.
ފުލުހުން ވިދާޅުވީ އެއްގަޑިއިރާއި 15 މިނިޓްތެރޭ ސިނަމާލެ ބްރިޖް މަތީގައި ރޭ ތިން އެކްސިޑެންޓް ހިގާފައިވާ ކަމަށެވެ.
އޭގެތެރެއިން އެއް އެކްސިޑެންޓަކީ ސައިކަލަކާއި ކާރެއް ޖެހިގެން ހިގާފައިވާ އެކްސިޑެންޓެކެވެ. އަނެއް ދެއެކްސިޑެންޓް ހިގާފައިވަނީ ދެކާރު ޖެހިގެން ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ރޭ 22:45 އާއި 12:00 އާ ދެމެދު ސިނަމާލެ ބްރިޖްމަތީ އޮތީ ބާރުބޮޑުވެފައެވެ. އާއަހަރު ފާހަގަކުރުމަށް ޔޫތު މިނިސްޓްރީން ބޭއްވި ޝޯ ބަލާލުމަށް ހުޅުމާލެއިންވެސް ގިނަބަޔަކު ވަނީ މާލެ ދަތުރުކޮށްފައެވެ. ގިނަބަޔަކު އެއްވަގުތަށް އަންނަން ދިމާކުރުމުން މަގުތަކުގައި ޓްރެފިކް ބާރުބޮޑުވެ ހިނގާދިޔަ އެކްސިޑެންޓްތަކެކެވެ.
މިއެކްސިޑެންޓްތަކުގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ. މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުޤީގުކުރަމުންނެވެ.

