އެއާޕޯޓުން ފުރާ ކޮންމެ މީހެއްގެ އަތުން ޑިޕާޗާ ޓެކްސް ނަގަން ފަށައިފި އެވެ. އެގޮތުން މި ޓެކްސް ނަގަން ފަށާފައިވަނީ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
މިބިލަކީ މިދިޔަ ޖުލައިމަހު ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ތަސްދީގު ކުރެއްވި ބިލެކެވެ.
ދިވެހިރާއްޖޭގެ އެއަރޕޯޓްތަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކުހާއި ފީ ނެގުމުގެ ޤާނޫނު ކުރިން އޮތް ގޮތުން އެއަރޕޯޓުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ނަގަނީ ދިވެއްސެއްގެ އަތުން 12 ޑޮލަރު އަދި ބިދޭސީން ފަސިންޖަރެއްގެ އަތުން 25 ޑޮލަރެވެ. ނަމަވެސް މިއަހަރުން ފެށިގެން ޑިޕާޗަރ ޓެކްސް ނަގަން ފެށުމާއިއެކު ދެން ޓެކްސް ނަގާނީ އެމީހަކު ދަތުރުކުރާ ކްލާހަކަށް ބެލުމަށް ފަހުގައެވެ.
ޑިޕާޗާ ޓެކްސް ނަގާ މިންވަރު:
- އިކޮނޮމީ ކްލާސް: ދިވެހިންގެ އަތުން 12 ޑޮލަރު؛ ބިދޭސީންގެ އަތުން 30 ޑޮލަރު
- ބިޒްނަސް ކްލާސް: 60 ޑޮލަރު
- ފަސްޓު ކްލާސް: 90 ޑޮލަރު
- ޕްރައިވެޓް ޖެޓް: 120 ޑޮލަރު
ސަރުކާރުން ވިދާޅުވީ މިއީ ބޮޑު އަގުގައި ދަތުރުފަތުރުކުރުމުގެ ޤާބިލުކަން ހުރި ތަނަވަސް ފަރާތްތަކުގެ އަތުން ނަގާ ފީ ބޮޑުކޮށް، ދައުލަތަށް އިތުރަށް އާމްދަނީ ހޯދުމަށްޓަކައި ސަރުކާރުން ގެނެސްފައިވާ އިސްލާޙުތަކެއްކަމަށެވެ.

