ބިލަބޮންގް ހައި އަދި ކެންގަރޫ ކިޑްސް ހިމެނޭހެން ހަތަރު ސްކޫލެއްގެ ފީ ދެއްކޭނެގޮތް އުރީދޫއިން ހަދައިފިއެވެ.
ކޮންމެތާކު އަދި ކޮންމެ ވަގުތެއްގައިވެސް އެމް-ފައިސާ މެދުވެރިކޮށް ފީ ދެއްކޭ ގޮތަށް ހަމަޖައްސާފައިވާ ހަތަރު ސްކޫލަކީ ބިލަބޮންގް ހައި، ފިންލެންޑް އިންޓަނޭޝަނަލް، ކެންގަރޫ ކިޑްސް އަދި އަމީރު އަހުމަދު ސްކޫލެވެ.
އުރީދޫއިން ބުނާގޮތުގައި އުރީދޫ އެޕް މެދުވެރިކޮށް އެމް ފައިސާއަށް ލޮގިންވެ، އެ ކުއްޖަކު ކިޔަވަމުން ދާ ސުކޫލު ހިޔާރުކުރުމަށްފަހު އެޑްމިނިސްޓްރޭޝަން ނަންބަރު އަދި ޕިން ޖެހުމަށް ފަހު، އެންމެ ކުރީގެ ފީ ހިޔާރުކޮށް، އޯޓީޕީ ނަންބަރު ޖެހުމަށް ފަހު ފީދެއްކޭނެއެވެ.
މީގެއިތުރުން ޕިން ނަންބަރު ބަދަލު ކުރަން ބޭނުން ނަމަ އައިލެންޑާސް އެޑިއުކޭޝަން އެޕު މެދުވެރިކޮށް އެކަން ކުރެވޭނެ ކަމަށް އުރީދޫން ވަނީ ހާމަކޮށްފައެވެ.
އުރީދޫއިން ދަނީ އެމް ފައިސާ މެދުވެރިކޮށް ކަސްޓަމަރުންނަށް ތަފާތު ހިދުމަތްތައް ދެމުންނެވެ.

