މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ގދ.ތިނަދޫ ކެމްޕަހަށް ކެމްޕަހަކަށް އައު މެނޭޖަރުން އައްޔަންކޮށްފިއެވެ.
އެމް.އެން.ޔޫގެ ދެ ކެމްޕަހަކަށް މެނޭޖަރުން އައްޔަން ކުރުމަށް މިއަދު އޮންލައިންކޮށް ބޭއްވުނު ރަސްމިއްޔާތުގައި ތިނަދޫ ކެމްޕަހުގެ މެނޭޖަރަކަށް އައްޔަން ކުރެވުނީ މުހައްމަދު ޝަމީމްއެވެ.
މުހައްމަދު ޝަމީމްއަކީ މީގެކުރިންވެސް ތިނަދޫ ކެމްޕަހުގައި މެނޭޖަރެއްގެ މަޤާމު އަދާކުރެއްވި ބޭފުޅެކެވެ. ތިނަދޫ ކެމްޕަހުގެ ހުރިހާ ސްޓާފުންގެ ފަރާތުން އައު މެނޭޖަރަށް ވަރަށް ހޫނު މަރުހަބާއެއް މިއަދު ވަނީ ކިޔާފައެވެ.

ގދ.ތިނަދޫ ކެމްޕަހުގެ މުވައްޒަފުން އައު މެނޭޖަރަށް މަރުހަބާ ދެންނެވުން / ފޮޓޯ: ތިނަދޫ ކެމްޕަސް
ގދ.ތިނަދޫގެ އިތުރުން ކުޅުދުއްފުށީ ކެމްޕަހަށް މެނޭޖަރެއް މިއަދު ވަނީ އައްޔަން ކުރެވިފައެވެ. އެގޮތުން ކުޅުދުއްފުށީ ކެމްޕަހުގެ މެނޭޖަރަކަށް އައްޔަން ކުރެވުނީ ޑރ. މުހައްމަދު އުމަރުއެވެ.
މި ރަސްމިއްޔާތުގައި ކުރިޔަށް އޮތް ފަސް އަހަރަށް މެނޭޖަރު ކަމަށް އައްޔަން ކުރި ބޭފުޅުންނަށް މަގާމުގެ ލިޔުން ހަވާލުކޮށް ދެއްވައި، އެއްބަސްވުމުގައި ސޮއިކުރެއްވީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފެވެ.

