ގދ ފަރެސްމާތޮޑާ ގައި މިހާރު ކުރިއަށްދާ ފަރެސްމާތޮޑާ ކައުންސިލް ފުޓްސަލް ޗެލެންޖް (އެފްސީއެފްސީ) ގެ ފައިނަލް ގެ ފުރަތަމަ ޖާގަ މާތޮޑިއަންސް ކަށަވަރު ކޮއްފިއެވެ.
ފަރެސްމާތޮޑާ ފުޓްސަލް ދަނޑުގައި ކުރިޔަށްދާ މި މުބާރާތުގައި މާތޮޑިއަންސް ފައިނަލުން ޖާގަ ހޯދާ ފައިވަނީ އިތުރު އެއް މެޗު ކުރިއަށް އޮއްވާ މިހާތަނަށް ކުޅުން ހުރިހާ މެޗަކުން މޮޅުވެގެންނެވެ.
މިމުބާރާތުގެ މިރޭ ވެސް 2 މެޗު ކުޅޭނެއެވެ. މިރޭ ގެ ފުރަތަމަ މެޗުގައި މާތޮޑިއަންސް އާއި ކުޑަ ކަންމަތި އަދި 2 ވަނަ މެޗް ގައި ކްލެސިކް ރޯޔަލްސް އާއި ބެންޑިޓް އެވެ.
މުބާރާތުގައި މާދަމާ ކުޅެން ހަމަޖެހިފައިވާ 2 ކުޅުމުން ފައިނަލް ގެ ކުރިން ކުޅެން ޖެހޭ ހުރިހާ މެޗެއް ކުޅެ ނިމޭނެއެވެ. އަދި ފައިންނަލްގައި މާތޮޑިއަންސް އާއި ދެކޮޅަށް ކުޅޭ ޓީމުވެސް އެނގި ގެން ދާނީ މާދަމާރޭ ގެ މެޗް ތައް ނިމުނީ މާއެވެ.
މުބާރާތުގައި ބައިވެރިވެފައިވާ ޓީމު ތަކަކީ:
– މާތޮޑިއައަންސް
– އެފްސީ ކަންމަތި
– ކުޑަ ކަންމަތި
– ކްލެސިކް ރޯޔަލް
– ބެންޑިޓް
“ފަރެސްމާތޮޑާ ކައުންސިލް ފުޓްސަލް ޗެލެންޖް” ގައި މުޅިންވެސް ބައިވެރި ވެފައި ވަނީ ފަރެސްމާތޮޑާގެ ޓީމު ތަކެވެ.
ފަރެސްމާތޮޑާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ އެއްބާރުލުންތެރިކަމާއެކު ކުރިއަށް ގެންދާ ފަރެސްމާތޮޑާ ކައުންސިލް ފުޓްސަލް ޗެލެންޖް ކުރިއަށް ދަނީ ގިނަ ބައެއްގެ އެހީތެރިކަން ލިބިގެން ކަން ކައުންސިލުން ފާހަގަ ކުރެއެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ އެވެ.

