އަހަރަމެން އަމިއްލަ ނަފުސަށް އަހަރަމެން ފެންނަ ގޮތާއި، އެހެން މީހުން އަހަރަމެންނާއި ދޭތެރޭ ދެކޭގޮތް ވަރަށްބޮޑަށް ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އަހަރަމެން އަމިއްލަޔަށް އެހެން މީޙުން އަހަރަމެންނާއި ދޭތެރޭ ދެކޭގޮތް ސީދާ ސީދަލަށް ނޭނގުނު ނަމަވެސް ސައިކޯއެނަލިސްޓުން އަހަރަމެންނާއި ދޭތެރޭ އެހެންމީހުން ދެކޭގޮތް ފަސޭހައިން ދެނެގަނެއެވެ.
ހަރުމަން އާއި ސިގްމަންޑް ކިޔާ ދެ ސައިންޓިސްޓެއް 1900 ގެ އަހަރުތަކުގައި އިންސާނުންގެ ވިސްނުން ހުންނަގޮތް ދެނެގަތުމަށް ތިކިތައް އެކަނި ބޭނުންކޮށްގެން ތައްޔާރު ކޮށްފައިވާ ތަފާތު ކުރެހުމާއި، ތަފާތު ސިމްބަލް ހިމެނޭ ކުރެހުން، އެމީހުން ތަޙްލީލުކުރުމަށް މީހުންނަށް ދައްކައިގެން، އެމަންޒަރުތަކާއި ގުޅިގެން އެމީހުން ވީސްނާގޮތާއި ދެކޭގޮތް ދެނެގަތުމަށް މަސައްކަތް ކޮށްފައިވެއެވެ. މިދިރާސާކުރި ސައިންޓިސްޓުން ދެކޭގޮތުގައި، އެފަދަ ބައެއް ކުރެހުންތައް ދައްކައިގެން، އެކުރެހުންތަކުން މީހުން ސިފަކުރާ ތަފާތު މަންޒަރުތަކަށް ބިނާކޮށް، އެމީހަކު ވިސްނާގޮތް ދެނެގަނެވިދާނެއެވެ. އަދި މިފަދަ ތަފާތު ކުރެހުންތަކުގެ އެހީގައި މީހާގެ މިޒާޖާއި، ކަންކަމުގައި މީހުން ދެކޭގޮތް ދަނެ، ތަފާތު ނަފްސާނީ މައްސަލަތައް ހުންނަ މީހުންނަށް މިސައިންޓިސްޓުން އެހީތެރިވެފައި ވެއެވެ. މިއީ ޒަމާނީ ނަފްސާނީ ޢިލްމުގެ ފެށިގެން އައި ހިސާބުކަމުގައި ގިނަ ބަޔަކު ޤަބޫލުކުރެއެވެ.
މިފަދަ ވިސްނުން ކުރިއަށްނެރެ، ނަފްސާނީ ހާލަތު ދެނެގަތުމަށާއި، ވިސްނާގޮތް ދެނެގަތުމަށް ހެދިދާނެ ތަފާތު ތިކި ކުރެހުންތަކާއި، ނަފްސާނީ ޓެސްޓުތައް އިންޓަރނެޓުގައި ވެއެވެ. މިފަދަ ޓެސްޓްތަކުގެ އެހީގައި އަހަރަމެންނާއި ގުޅޭ އަހަރަމެންނަށް ނޭނގޭ، އަދި އެހެން މީހުން އަހަރަމެން ސިފަކުރާގޮތް ދެނެގަނެވިދާނެ ތަފާތު ތަސްވީރުތަށް ވެއެވެ. މިލިޔުމުގައި ހިމެނިފައިވާ ތަފާތު މަންޒަރަށް، އެމަންޒަރާއި ގުޅޭގޮތުން ގެނެސްފައިވާ މަޢުލޫމާތު ނުކިޔައި، ކޮންމެ މަންޒަރަކުން ތިބާއަށް ފެންނަ ފުރަތަމަ މަންޒަރު ދެނެގަންނާށެވެ. އަދި އެއަށްފަހު ފެނުނު މަންޒަރުން ދެހަކޮށްދޭ ކަންތައްތައް ކިޔާލާށެވެ. އަމިއްލަޔަށް ތެދުވެރިކަމާއެކު ކުރިޔަށް ގެންދިޔަ މިންވަރަކަށް ތިބާއާއި މެދު އެހެން މީހުން ދެކޭގޮތް ރަނގަޅަށް އެނގިގެން ދާނެއެވެ.

ފުރަތަމަ ފެނުނީ ކޮންއެއްޗެއް؟ ބޮމެއްގެ ގޮވުންތަ؟ ނޫނީ ދެލޯބިވެރިން ތަ؟
ބޮމުގެ ގޮވުން ފެނުނުނަމަ، ތިބާ އެހެން މީހުން ސިފަކުރަނީ، މީހުން ދަމައިގަންނަ ބާރެއް އެކުލެވޭ މީހެއްގެ ގޮތުގައެވެ. ތިބާ އަކީ މީހުންނަށް ފަސޭފައިން ވާހަކަ ދެކެވޭ، މާބޮޑަށް އެހެން މީހުންނާއި ގުޅެން މަސައްކަތް ނުކުރާ ނަމަވެސް، އެހެން މީހުން ތިބާއާއި ގުޅުން ބޭއްވުމަށް ލޯބިކުރާ މީހެކެވެ. އަދި ހަމަ އެހެންމެ، ތިބާއަކީ އަމިއްލަ ކަންކަމުގައި ވަރަށްބޮޑަށް ކަންބޮޑުވާ މީހެއްވެސް މެއެވެ.
ތިބާއަށް ފުރަތަމަ ފެނުނީ ދެލޯބިވެރިން ކަމުގައިވާނަމަ، ތިބާއަކީ މީހުންނާއި ގުޅުން ބޭއްވުމަށް ލޯބިކުރާ އަދި ތިބާގެ ދިރިއުޅުމާއި ގުޅިފައިވާ ހުރިހާ ގުޅުންތަކަށް ފަޚުރުވެރިވެ އުފާކުރާ މީހެކެވެ. ތިބާއަކީ އެހެން މީހުން އުފަލުގައި ބަހައްޓަމް އަބަދުވެސް މަސައްކަތް ކުރާ މީހެކެވެ. ތިބާއަކީ މަޑުމައިތިރި، މީހުންނާއި އަޅާލުމުގެ ސިފަ ލިބިފައިވާ މީހެކެވެ.

ފެންނަނީ ކޮންއެއްޗެއް ހެއްޔެވެ؟ ތުންފަތެއް، ގަސްތައް ނުވަތަ މޫތަކެއް؟
ތިބާއަށް ތުންފަތެއް ފެނުނުނަމަ، ތިބާއަކީ އެއްވެސް އޮޅުވާލުމެއްނެތި، ބުނަން ބޭނުން އެއްޗެއް ބުނެލާ މީހެއްގެ ގޮތުގައި އެހެންމީހުން ދެކެއެވެ. ތިބާއަކީ އެހެންމީހުންނަށް ދެނެގަންނަން ފަސޭހަ މީހަކަށް ވުމާއެކު، ތިބާގެ ހުރިހާކަމެއް ފެންނަ ފެނުމާއި އެއްގޮތެވެ. މިއީ ގިނަބަޔަކަށް ތިބާ ދެކެ ހިންހަމަޖެހޭ އެއްސިފައެވެ.
ތިބާއަށް ފެނުނީ ގަސްތަކެއްނަމަ، އެހެން މީހުން ތިބާ ސިފަކުރަނީ ކަންކަމުގައި ފުންކޮށް ވިސްނާ ފަރާތެއްގެ ގޮތުގައެވެ. ބޭރުފުށުން ފެންނަ ސިފަ ތިބާ ބަލައިގަތުމާއި އެކު، އިތުރަށް ބަލައި ދެނެގަންނަންޖެހޭ ކަންކަން ހުންނާނެކަމުގައި ތިބާ ޤަބޫލުކުރެއެވެ. ތިބާއަކީ އެހެން މީހުންގެ އިޙްސާސްތައް ދަންނަ، ކަންކަމުގައި ފުންކޮށް ވިސްނާ މީހެކެވެ.
ތިބާއަށް މޫތައް ފެނުނުނަމަ، ދުނިޔެ ތިބާއަށް ފެންނަ ގޮތުގައި ބަލައިގަންނަން ތިބާއަށް އުދަނގޫވެއެވެ. ކަންކަމުގައި ތަފާތު ވިސްނުމެއް ނެރުމަށް ނުވަތަ އިންގިލާބެއް ގެނުވާފަދަ ޚިޔާލު ހޯދުމަށް ތިބާގެ ކައިރިއަށް މީހުން އާދެއެވެ. ތިބާއަށް ތަފާތު ނަޒަރިއްޔާތުން ދުނިޔެގެ ކަންކަމަށް ފިކުރު ހިންގައި ވިސްނުމުގެ ޤާބިލްކަން ލިބިފައިވެއެވެ.

ތިބާއަށް ފެނުނީ ކޮން އެއްޗެއް؟ ބޭބީއެއްތަ؟ ނޫނީ ދެލޯބިވެރިންތަ؟
ތިބާއަށް ފެނުނީ ކުޑަކުއްޖެއްނަމަ، ތިބާ އެހެން މީހުންނަށް ފެންނަނީ އިންޓްރޮވާޓް ނުވަތަ އެހެން މީހުންނާއި މާބޮޑަށް ގުޅެން ބޭނުން ނުވާ އެކަނި އުޅެން ބޭނުންވާ މީހެއްގެ ގޮތުގައެވެ. ތިބާއަކީ ވާހަކަދެއްކުން މަދު އަދި މާގިނަ ކަންކަމަށް ފިކުރު ހިންގައި ނޫޅޭ މީހެކެވެ. ތިބާގެ އެހެން މީހުންނަށް ނޭނގޭ ސިފަތަކާއި، ކަންކަން ދެނެގަންނަން މީހުން ބޭނުންވެއެވެ.
ދެލޯބިވެރިން ފެނުނުނަމަ، ތިބާއަކީ އޯގާތެރި ހިތެއްގެ ވެރި، މީހުންނާއި ގުޅުން ބޮޑު މީހެއްގޮތުގައި އެހެން މީހުން ދެކެއެވެ. ތިބާގެ އާއިލާ އަދި ރަޙްމަތްތެރިން ތިބާއަކީ މުހިންމު މީހެއްގެ ގޮތުގައި ދެކުމުގެ އިތުރުން،ދިމާވާ ތަފާތު އުދަނގޫ ވަގުތުތަކުގައި، ތިބާގެ އެހީތެރިކަން ހޯދުމާއިއެކު، ތިބާ އެމީހުންނަށްޓަކައި އަބަދުވެސް ވާކަމަށް ޤަބޫލުކުރެއެވެ.

ފުރަތަމަ ފެނުނީ ކޮންއެއްޗެއް؟ އަސްދޫންޏެއްތަ؟ ނޫނީ މުސަޅެއްތަ؟
އަސްދޫންޏެއް ފެނުނުނަމަ، ތިބާއަކީ ކަންކަމުގައި މާބޮޑަށް އިމޯޝަނަލްވާ އަދި އަވަހަށް ކަންކަމުގައި އެހެން މީހުން ދެކޭގޮތް ހާމަކުރާ މީހެކެވެ. ބައެއް ހާލަތްތަކުގައި އެހެން މީހުންނަށް ތިބާއަކީ ވަރަށް ގޮތުގައި ހުންނަ މީހެއްގެ ގޮތުގައި ތިބާފެނެއެވެ. އަދި އަނެއްބައި ހާލަތްތަކުގައި، އެހެންމީހުންގެ އިޙްތިރާމާއި، ލޯބި ލިބގެންވާ މީހެްގެ ގޮތުގައި އެހެންމީހުން ތިބާ ދެކެއެވެ.
ތިބާއަށް ރެބިޓެއް ނުވަތަ މުސަޅެއް ފެނުނުނަމަ، އެހެން މީހުން ދެކޭގޮތުގައި ތިބާއަކީ ކަންކަމުގައި ފަރުވާތެރި، ހުށިޔާރު މީހެއްގެ ގޮތުގައި އެހެންމީހުން ދެކެއެވެ. ކުރިމަތިވާ ކޮންމެ ކަމެއްގައި، އެކަމެއް ކުރުމަށް އަމަލުކުރަން ކުރިން ފެށުމުގެ ކުރިން އިރުކޮޅަކަށް މަޑުކޮށް އެކަމަކާ އިތުރަށް ތިބާ ވިސްނާނެއެވެ. ތިބާ އަކީ ކަންކަމުގައި، ކަންކަން ކުރިމަތިވާ ގޮތަށް ބަލައި ވިސްނައި، ކަންކަމުގައި ހުރިހާ އޭންގަލަކުން ވިސްނައި ފިކުރުކިރުމަށް ގަޔާވާ މީހަކަށް ތިބާ ވެއެވެ.

