ކޮވިޑް-19ގެ ވޭރިއަންޓެއް ކަމަށްވާ އޮމިކްރޯން އާއި ޑެލްޓާ ވޭރިއަންޓްގެ ސިފަ އެކުލެވޭ އައު ވޭރިއަންޓެއް ފެތުރެން ފަށައިފިއެވެ.
ސިގްމާ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި، ޔުނިވާސިޓީ އޮފް ސައިޕްރަސްގެ ލަބޯޓްރީ އޮފް ބައޮޓެކްނޮލޮޖީ އެންޑް މޮލެކިއުލާ ވައިރޮލޮޖީގެ އިސްވެރިޔާ، ޕްރޮފެސާ ލިއޯންޑިއޯސް ކޮސްޓްރިކިސް ވިދާޅުވީ، ޑެލްޓާއާއި އޮމިކްރޯންގެ ސިފަ ލިބިގެންވާ އާ ވޭރިއަންޓެއް މިހާރު ފެތުރެމުންދާ ކަމަށާއި އެވޭރިއަންޓަށް ދީފައި ވާ ނަމަކީ، “ޑެލްޓާކްރޯން” ކަމަށެވެ.
ޕްރެފެސާރއާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން މިހާތަނަށް “ޑެލްޓާކްރޯން”ގެ 25 ކޭސް ވަނީ ފެންމަތިވެފައެވެ. އަދި 2 ވޭރިއަންޓަކަށް އިންފެކްޓް ވެފައި ވާ މީހުން ނިސްބަތުން ގިނައީ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭ ކޭސްތަކުގައި ކަމަށް ރިޕޯޓްތަކުގައި ބުނެފައިވެއެވެ.
އަލަށް ފެނުނު ވޭރިއަންޓާ ބެހޭ އިތުރު ރިސާޗްކުރަން ނިންމާފައިވާ ކަމަށާއި އަމިއްލަ ރައުޔަށް ބަލަނީނަމަ، މި ވޭރިއަންޓްގެ މައްޗަށްވެސް އޮމިކްރޯން ގަދަވާނެ ކަމަށް ޕްރޮފެސާ ކޮސްޓްރިކިސް ވަނީ ވިދާޅުވެފައެވެ.
އޮމިކްރޯން އާއި ޑެލްޓާ ވޭރިއަންޓަކީ ކޮވިޑްގެ އެންމެ ނުރައްކާތެރި ދެވޭރިއަންޓެވެ.

