މާލޭގެ އިތުރުން މާފުއްޓާއި، ކުޑަހުވަދޫން ކޮވިޑް-19 ގެ އޮމިކްރޮން ވޭރިއަންޓުގެ ކޭސްތަކެއް ފެންމަތިވެއްޖެ ކަމަށް އެޗްޕީއޭ އިން ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.ޝާހް މާހިރު ވިދާޅުވީ މިހާރު ކޮވިޑް-19 އިތުރުވަމުން އަންނަނީ އޮމިކްރޮންގެ ސަބަބުން ކަމަށާއި މާލޭގެ އިތުރުން ކުޑަހުވަދޫ އަދި މާފުށީގައި އޮމިކްރޯންގެ ކޭސްތައް ފެނިފައިވާކަމަށެވެ.
މިހާތަނަށް ރާއްޖެ އިން 19 ފަތުރުވެރިޔަކު ވެސް އޮމިކްރޮން އަށް ފައްސިވެފައިވާ ކަމަށް ޑރ.ޝާހް ވިދާޅުވިއެވެ.
ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިދިޔަ ހަފްތާގައި އެއް ދިވެއްސަކަށް އަދި މި ހަފްތާގައި 7 ދިވެއްސަކަށް އޮމިކްރޮން ވޭރިއަންޓު ޖެހިފައިވާ ކަމަށާއި މާލޭގައި މުޖުތަމައުގެ ތެރޭގައި މިހާރު އޮމިކްރޯން ވޭރިއަންޓް އުޅޭ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

