މާލޭގައި ފުލުހުންނަށް ފިލަން ދުއްވި މީހަކު އޭނާ ދުއްވި ސައިކަލާއެކު ފާރަކަށް އަރައި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ، އިއްޔެ ހަވީރު ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް މަޑުކުރަން އެންގުމުން ފުލުހުންގެ އެންގުމަށް މަޑުނުކޮށް، ބާރު ސްޕީޑުގައި އަލިކިލޭގެފާނު މަގުން ދަނިކޮށް މުލީއާގޭ ފާރުގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.
ފުލުހުން ބުނީ، އެކްސިޑެންޓުވި ސައިކަލުގައި އަޅުވާފައި ހުރި ކޮތަޅަކުން ބަނގުރާ ފުޅިތަކެއްވެސް ފެނިފައިވާ ކަމަށެވެ.
މިއަދު އެކްސިޑެންޓް ހިނގި މުލިއާގެ ކައިރީގައި ފުލުހުން ހަރަކާތެތެރި ވަނީ
މީގެ އިތުރުން ފުލުހުން ބުނީ މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ބަންގްލަދޭޝް ފިރިހެނަކަށް ކަމަށާއި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ފުލުހުންގެ ބެލުމުގެ ދަށުން އައިޖީއެމްއެޗްގައި މިހާރު އޭނާއަށް ފަރުވާދެމުން ދާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

