ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
މަބްރޫކް ކޮވިޑް-19 އަށް ފައްސިވެފައިވާކަން އޭނާ ވަނީ ހާމަކޮށްފައެވެ. އެގޮތުން މަބްރޫކް ވިދާޅުވި ގޮތުގައި ކޮވިޑް-19 އަށް ފައްސިވެފައިވާކަން އެނގުނީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ބަލީގެ އަލާމާތްތައް ހުރެގެން ޓެސްޓު ކުރުމުން ކަމަށެވެ.
އަދި އޭނާގެ ހާލު އާންމުކޮށް ރަނގަޅު ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
އާންމުންގެ ތެރޭގައި މަބްރޫކް މަޤުބޫލުވެފައިވަނީ، ކޮވިޑް-19 ގެ މައުލޫމާތު ރައްޔިތުންނާ ހަމައަށް ގެނައުމަށް ސަރުކާރުން އުފެއްދެވި ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާކަނަށް އޭނާ ހަމަޖެއްސެވުމާ ގުޅިގެންނެވެ.

