ށ.ކޮމަނޑޫގައި އެޅުމަށް ހަމަޖެހިފައިވާ ފުޓްސަލް ދަނޑުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.
މިމަޝްރޫޢު އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އަދި ކޮމަންޑޫ ކައުންސިލްގެ ރައީސް މުޙައްމަދު ސިނާންއާއި، އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއާއި ޔޫތް މިނިސްޓްރީއާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މިހަފްތާގައި އަމަލީ މަސައްކަތް ފެށިގެންދާ ޓާފް ދަނޑަކީ ކޮމަންޑޫގައި މުޅިން އަލަށް އަޅާ ދަނޑެކެވެ. މި މަސައްކަތުގައި ހިމެނެނީ، ކޮމަންޑޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް އެޅުމާއި ޓާރފް އެޅުމުގެ މަސައްކަތެވެ. މިސަރުކާރުން ކޮމަންޑޫގައި އަޅަން ހަމަޖެހިފައިވާ ދަނޑުގެ މަސައްކަތް ހަވާލުކުރެވިފައިވަނީ އެމްޓީސީސީއާއެވެ.
ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑު އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅެކެވެ. ސރުކާރުގެ ހަރަދުގައި ގިނަ ދަނޑުތަކެއް އަޅާފައިވާއިރު، އަމިއްލަ ފަރާތްތަކުން އިސްނަގައިގެންނާއި ވިޔަފާރިވެރިންގެ އަމިއްލަ ހަރަދުގައި ގިނަ ރަށްތަކެއްގައި ވަނީ ޓާފް ދަނޑު އަޅައިދީފައެވެ.

