ކަނޑުގެ އަޑީގެ އަލިފާން ފަރުބަދައެއް ކަަމަށްވާ ހަންގާ ޓޮންގާ ހަންގާ ހާއަޕާއީ އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން ޓޮންގާއަށް މިއަދު ސުނާމީއެއް އަރައިފިއެވެ.
ކުރިޔަށް އޮތް ހަގަޑިއިރުތެރޭ އިތުރު ރާޅެއް އަރާފާނެކަމުގެ އިންޒާރު އެޤައުމަށް ވަނީ ދީފައެވެ.
ރިޕޯޓްތައް ބުނާގޮތުގައި ޓޮންގާގެ ރަށްތަކަށް އެރި ރާޅުގެ އުސްމިނުގައި 2.7 ފޫޓް ހުއްޓެވެ. ރިޕޯޓްތައް ބުނާގޮތުން ސުނާމީ އެރި ރަށްތަކުގެ މުއާސަލާތީ ޚިދުމަތްތައް މިވަގުތު ވަނީ މެދުކެނޑިފައެވެ. ސުނާމީގެ ސަބަބުން ރަށްތަކަށް ލިބުނު ގެއްލުން ކަމާއިބެހޭ އިދާރާތަކުން މިހާރު ދަނީ ބަލަމުންނެވެ.
ފިޖީ އަދި ނިއުޒީލެންޑުގެ އަވަށްތަކަށް ސުނާމީގެ އަސަރުކޮށްފާނެތީ އެސަރަހައްދުގައި ދިރިއުޅޭ މީހުން ރައްކާތެރި ސަރަހައްދަކަށް ބަދަލުކުރުމަށް ނިއުޒީލެންޑް ނޭޝަނަލް އެމަޖެންސީ މެނޭޖްމަންޓް އެޖެންސީން ވަނީ އަންގާފައެވެ.
ކަނޑުއަޑީގައި ހުރި މިއަލިފާން ފަރުބަދަ ގޮވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

