އަމިއްލަ ކުންފުންޏެއްކަމަށްވާ ބްރިލިއަންޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން ގދ.ގައްދޫ ކުނިގޮޑުގެ ދެކުނު ފަޅި ސާފު ކޮށްފިއެވެ.
ގައްދޫ ކައުންސިލުން ވިދާޅުވީ، ބްރިލިއަންޓް ކޮމްޕެނީ އިން އެމަސައްކަތް ކޮށްފައިވަނީ އެ ކުންފުނީގެ ސީއެސްއާރު ގެ ގޮތުގައި ހިލޭ ސާބަހަށް ކޮށްދީފައިވާ މަސައްކަތެއްގެ ގޮތުގައި ކަމަށެވެ. އަދި ގައްދޫ ކައުންސިލުން ވަނީ އެކަމަށްޓަކާ ބްރިލިއަންޓް ކޮމެޕެނީ އަށް ޝުކުރު ދަންނަވާފައެވެ.
ބްރިލިއަންޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަކީ ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ކުންފުންޏެކެވެ. އެގޮތުން މިދިޔަ ޑިސެމްބަރ މަހުގައި ގައްދޫ ފުޓްބޯޅަދަނޑަށް ބޭނުނުންވާ ޓަރފް ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ މަސައްކަތްވެސް ގައްދޫ ކައުންސިލުން ވަނީ އެ ކުންފުންޏާއި ހަވާލު ކޮށްފައެވެ.
މީގެ އިތުރުން އެކުންފުނިންވަނީ ބަނޑިދޫގެ ފުޓްސަލް ދަނޑާއި، މަޑިފުށީ ވޮލީ ކޯޓު އެޅުމުގެ މަސައްކަތް ވެސް ކުރިއަށް ގެންގޮސްފައެވެ. ބްރިލިއަންޓް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑް ފާހަގަ ވެފައިވަނީ ސަރުކާރުގެ ގިނަ ޕްރޮޖެކްޓުތަކުގެ މަސައްކަތް ކުރާ ކުންފުންޏެއްގެ ގޮތުގައިއެވެ.
2016 ވަނަ އަހަރު ގދ.ގައްދޫގައި ކުނި މެނޭޖްކުރާ މަރުކަޒެއް ގާޢިމްކުރުމަށް އައިއެސްއެފް ކޮންސްޓްރަކްޝަން ނަމަކަށް ކިޔާ ކުންފުންޏަކާއި ވަނީ ހަވާލުކޮށްފައެވެ. އަދި އެ ޕްރޮޖެކްޓަށް ޕީއެސްއައިޕީގެ ބަޖެޓުން 996,057.36 ރުުފިޔާ ޚަރަދު ކުރިކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.

