ޑައިވިންގއަށް ފޭބި ފަތުތުރުވެރިޔާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ ޑައިވިންއަށް ފޭބި ފަތުރުވެރިޔާ އަދިވެސް ފެނިފައިނުވާ ކަމަށާއި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީއާއި އެމްއެންޑީއެފް ކޯސްޓްގާޑް ފާސްޓް އިންޓަސެޕްޓަރ ކްރާފްޓް “ވެލާނާ” ދަނީ ޑައިވަރުންނާއެކު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށެވެ.
ސާފޭސް ސާރޗްގެ އިތުރުން، ޑައިވް ކޮށްގެން ގެއްލިފައިވާ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މިމަސައްކަތުގައި އެސަރަހައްދުގެ ރިސޯޓްތަކުގެ ޑައިވަރުންގެ އިތުރުން މިއަދު ވައިގެ މަގުންވެސް ސާރޗްކުރިއަށް ދާނެ ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
އެމްއެންޑީއެފްގެ ތަރުޖަމާން ކެޕްޓަން ހަނާ ވިދާޅުވީ، ފަތުރުވެރިޔާ ގެއްލުނުކަމުގެ މައުލޫމާތު ސިފައިންނަށް ލިބުނީ އިއްޔެ މެންދުރު ފަހު 15:55 ހާއިރު ކަމަށެވެ.
ގެއްލިގެން ހޯދަމުން ދަނީ 69 އަހަރުގެ އިނގިރޭސިވިލާތަށް ނިސްބަތްވާ އަންހެން ފަތުރުވެރިއެކެވެ. އޭނާ ޑައިވިންއަށް ދިޔައީ އެހެން ފަތުވެރިންތަކަކާއިއެކުއެވެ.

